މަލިކާ ޝަރާވަތްއަކީ މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ތަރިއެކެވެ.

އޭނާގެ ރީތިކަމަށާއި، އެކްޓުކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ ތަފާތު މިޒާޖަކީ ގިނަ ބަޔަކަށް ކަމުދިޔަ އެއްޗެކެޗެ. އެގޮތުން މަލިކާގެ ތެދުވެރިކަމަކީ ގިނަ ބަޔަކު އެކަމަކަށް އޭނާއަށް ތައުރީފުކުރާ އެއް ކަމެކެވެ.

އެފަދައިން ދާދި ފަހުން މަލިކާ ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅޭގޮތުން ވާހަކައެއް ހިއްސާކޮށްފަ އެވެ.

އޭނާ ބުނިގޮތުގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށި ދުވަސްވަރު އޭނާއަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކުރަން ލިބުނެވެ. އެހެންނަމަވެސް ގިނަ ފިލްމުތަކުން އޭނާ ބޭރުކޮށްލައި، އޭނާއާ އެކު އެއްވެސް ފިރިހެން އެކްޓަރަކު މަސައްކަތް ކުރަން ބޭނުން ނުވި ކަމަށް އޭނާ ބުނެފައިވެ އެވެ.

މަލިކާ ބުނިގޮތުގައި އޭނާއާ އެކު އެއްވެސް ފިރިހެން އެކްޓަރަކު މަސައްކަތް ކުރަން ބޭނުން ނުވަނީ އެކްޓަރުންގެ ބުނުމަށް ބޯނުލަނބާތީ އެވެ. ފިލްމުތަކުގައި މަސައްކަތް ކުރާނަމަ، އަބަދުވެސް ފިރިހެން އެކްޓަރަކު އެދޭ އެދުން ފުރިހަމަކޮށްދޭން ޖެހޭ ކަމަށާއި، އެހެން ނަމަވެސް މަލިކާ އަކީ އެފަދަ މީހެއްގެ ނޫން ކަމުގައި އޭނާ ބުނެފައިވެ އެވެ.

އެކްޓަރުން ބޭނުންވާ ކަމެއް ނުވާނަމަ، ފިލްމުން ބޭރުކޮށްލާ ކަމަށާއި، އެފަދަ މީހަކާ އެކު އެކްޓުކުރަން ދެވަނަ ފަހަރަށް ނޭދޭ ކަމަށް މަލިކާ ބުނެފައިވެ އެވެ.

ފިލްމު އިންޑަސްޓްރީގައި މަލިކާ އެންމެ ފުރަތަމަ މަޝްހޫރުވީ، އޭނާ ކުޅުނު ފިލްމެއް ކަމަށްވާ "މާޑާ" ސުޕަހިޓަކަށް ވުމުންނެވެ. އެފިލްމުގައި ބަތަލާގެ ރޯލު އޭނާ ކުޅެފައިވާއިރު، ބަތަލެއްގެ ރޯލު ކުޅުނީ އިމްރާން ހާޝްމީ އެވެ.