ފިނި މޫސުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ތަޖުރިބާ ކޮށްލަން ބޭނުންވާ މޫސުމެކެވެ. ނަމަވެސް "ސްނޯ"އޭ ބުނެފިނަމަ ކޮންމެ މީހަކަށް ވެސް ސިފަވާނީ ޔޫރަޕްގެ އަގުބޮޑު މަންޒިލެކެވެ. ނަމަވެސް ހެޔޮ އަގުގައި މި ތަޖުރިބާ ކޮށްލެވިދާނެ ބައެއް ތަންތަން ވެސް އެބަހުއްޓެވެ. އެފަދަ ބައެއް ތަންތަނަށް ބަލާލާނަމެވެ.

މަނާލީ - އިންޑިއާ

ޝިމްލާ - އިންޑިއާ

އުތުރު އިންޑިއާގެ މަނާލީ އަދި ޝިމްލާއަކީ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ސްނޯގެ ތަޖުރިބާ ކޮށްލެވޭނެ ރާއްޖެއާ އެންމެ ކައިރި ސަރަހައްދޭ ބުނެވިދާނެ އެވެ. މި ސަރަހައްދުގެ ފަރުބަދަތަކަށް ސްނޯ ފައިބާފައި ހުންނަ މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ.

ބެއިޖިން - ޗައިނާ

ބެއިޖިން - ޗައިނާ

ޗައިނާގެ ވެރިރަށް ބެއިޖިންއަކީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހާ ހިސާބަށް ފިނި މޫސުމުގައި ސްނޯގެ އަސަރު ކުރާ ގައުމެކެވެ. މިއީ ވިޔަފާރި ބޭނުންތަކުގައި ދިވެހިން ގިނަ އަދަދަކަށް މިހާރުވެސް ދަތުރުކުރާ މަންޒިލެކެވެ.

ސޯލް - ދެކުނު ކޮރެއާ

ސިއޯލް - ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ފނި މޫސުމުގެ ތަޖުރިބާއަކީ ހަނދާނުން ނުފިލާނެ ތަޖުރިބާ އެކެވެ. މި ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދެނީ ފިިނި މޫސުމާއި ސްނޯގެ އެކި ކުޅިވަރުތަކުންނެވެ.