ދުނިޔޭގެ އެންމެ ކުޑަ ލަވަކިޔުންތެރިޔާ އަބްދު ރޯޒިކްއަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ "ބައިޖާން" އިން ފުރުސަތު ލިބިއްޖެ އެވެ.

ތަޖިކިސްތާނުގެ އަބްދު ރޯޒިކް އަށް ފުރުސަތު ލިބިފައިވަނީ ސަލާމްން ޚާންގެ "ބައިޖާން" ފިލްމުންނެވެ. ކުރިން މިފިލްމަށް ކިޔާފައިވަނީ "ކަބީ އީދު ކަބީ ދިވާލީ" އެވެ. މި ފިލްމުގެ ނަށް ބަދަލުކުރީ މި ނަމުގެ ސަބަބުން މައްސަލަތަކެއް ދިމާވެދާނެތީ އެވެ.

ސަލްމާނާއި އަބްދު ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ މިއަހަރު ކުރީކޮޅު ދުބާއީގައި އޮތް އައިފާ އެވޯޑު ރަސްމިއްޔާތުގަ އެވެ.

ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ސެލެބްރިޓީއެއް ކަމަށްވާ އަބްދު އަކީ ކުޑައިރު ޖެހުނު ބައްޔަކަށް ފަރުވާ ކުރެވޭނެ ތަނަވަސްކަމެއް ނެތި ފަރުވާނުކޮށް ހުރުމުގެ ސަބަބުން ހެދިބޮޑުވުން ހުއްޓިފައި ހުރި އިސްކޮޅުން ވަރަށް ކުރު މީހެކެވެ.

އުމުރުން 18 އަހަރުގެ އަބްދު އަންނަނީ ތަޖިކިސްތާނުގެ ރެޕް ލަވަތައް ކިޔައި ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި އޭނާގެ ޔޫޓިއުބް ޗެނަލް އަށް ސަބްސްކްރައިބް ކޮށްފައިވާ މީހުން އެތައް ހާހަކަށް އަރަ އެވެ.

އަބްދުގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ "ބައިޖާން" އަށް ތައްޔާރުކަމަށެވެ.

https://www.instagram.com/p/CgyRh8mjLLT/

ފަރްހާދް ސަމްޖީ ޑައިރެކްޓްކުރާ "ބައިޖާން"ގައި ސަލްމާންގެ އިތުރުން ހަރަކާތްތެރިވަނީ ޕޫޖާ ހެގްޅޭ، ވެންކަޓޭޝް، ރާގަވް ޖުޔަލް، ޖައްސީ ގިލް، ސިދާޜްތު ނިގަމް، ޕަލަކް ތިވާރީ އަދި ޝެހެނާޒް ގިލް އެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.