ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށް ބޭނުން ކުރަން ފަށައިފި އެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފައިވަނީ އެކުންފުނިން ވިއްކަމުން އަންނަ ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓެކެވެ.
އެސްޓީއޯއިން މިކަމާ ގުޅިގެން ބުނެފައިވަނީ، ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓުގެ ހަރުކުރެވިފައިވާ ސިގްނަލައިޒޭޝަންގެ ސަބަބުން ލިފްޓުގެ ބައިތަކުގައި އަތްލާން ޖެހޭ މިންވަރު މަދުކުރެވިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން މިކަމުގެ ސަބަބުން ލިފްޓު ބޭނުންކުރާ ފަރާތްތަކަށް އިތުރު ރައްކާތެރި ކަމެއް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
ކޯނޭ ބްރޭންޑްގެ ލިފްޓް އޮތިރައިޒްޑް ޑިސްޓިބިއުޓަރަކީ އެސްޓީއޯ އެވެ.
ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކި ފަހަރު މަތިން ހާސިލުކޮށްފަ އެވެ.
އިމްރާން ޚާން އަވަހާރަކޮށްލި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ
ޖޭލޯ އޭނާގެ އެންގޭޖްމަންޓް އަނގޮޓިތައް ވިއްކާލަނީ؟