މާބަނޑު ދުވަސްތައް ގުނަމުންދާ ރީތި އަދި މަޝްހޫރު ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓް ފުންނާބު އުސް ފައިވާނަށް އެރުމުން ފޭނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، މިހާރު އާލިޔާ އާއި ރަންބީރު ދަނީ އެ ދެމަފިރިންނަށް ލިބެން އުޅޭ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

ދާދި ފަހުން އާލިއާ އާއި ރަންބީރު އެކީގައި ފެނިފައިވާއިރު، އާލިޔާ އުސް ފައިވާނަކަށް އަރައި ހުރިކަން އާންމުންނަށް ވަނީ ފާހަގަވެފަ އެވެ. އަދި މާބަނޑު ދުވަސްވަރު އުސް ފައިވާނަށް އެރުމަކީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް ސޯޝަލްމީޑިއާގައި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗޮކްލެޓް ކުލައިގެ ކުރު ހެދުމެއް ލައިގެން ހުރި އިރު އާލިއާގެ ބަނޑު ވަރަށް ބޮޑަށް ފާހަގަވެ އެވެ. އަދި އެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވާންފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ އެދެމަފިރިންނަށް ތައުރީފުގެ ބަސްތައް ރައްދުކުރަމުންނެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އެ ދެމީހުން ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހުގަ އެވެ.