ދިރާސާ ތަކުން ދައްކާގޮތުގައި ކޮންމެ 10 މީހަކުން އެކަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ކިޑްނީގައި ހިލަ އުފެދޭނެ މީހެކެވެ. ކިޑްނީގައި ހިލަ އުފެދެނީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެން ހީހަށް ބަދަލުވުމުގެ މަރުހަލާގައި ހަރު އެތިކޮޅުތަކަކަށް ބަދަލުވެގެންނެވެ.

ކިޑްނީގައި މިގޮތަށް އުފެދޭ ގިނަ ހިލަ އަކީ ވަރަށް ކުދި ހިލަ ތަކެކެވެ. އެހެންވެ ކުޑަކަމުދާއިރު ނޭނގިވެސް އެ ހިލަތައް ބޭރުވެ އެވެ ތިރީގައި އެވަނީ ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ވުމަށް ކުރެވިދާނެ މުހިންމު ތިން ކަމެކެވެ.

ފެން ބުއިން

ގިނައިން ފެން ނުބޯނަމަ ހަށިގަނޑަށް ވަރަށް ނުރައްކާ ބޮޑުވާނެ އެވެ. ކިޑްނީ އާއި ފެނާއި ގުޅިފައިވާ މިންވަރަށް ބަލާއިރު ފެން ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުންވާން ހުންނަ ފެންމަދުވެ ހިލައަށް ބަދަލުވެ އެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ދުވާލަކު ތިން ލީޓަރުގެ ފެން ނުވަތަ 12 ތަށިފެން ބޯންވާނެ އެވެ.

ކެއުމަށް ބަދަލު ގެނައުން

ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ އެއްޗެހީގެ ތެރޭގައި ކެލްސިއަމް ހިމެނޭ ކާއެއްޗެހި ކެއުން ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި ބައެއް ފެހި ފަތާއި މަހުގެ ބާވަތްތަކާއި ޔޯގަޓް ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ބާވަތްތައް ކެއުމަކީ މައްސަލައެއް ނޫނެވެ. އެއާއެކު އިތުރު ކުރަންވީ ރަހަ ގަދަ ކާ އެއްޗެއްސެވެ. އޭގެ ތެރޭގައި ހިމެނޭ ސަޔާއި،ސޯޔާގެ ބާވަތްތަކާއި، ޗޮކުލެޓާއި ބަދަނުގެ އިތުރުން ރަހަ ގަދަ ތަރުކާރީ އާއި މޭވާ ގެ ބާވަތްތަކެވެ.

ލޮނު މަދުން ބޭނުން ކުރުން

ލޮނު މަދުން ބޭނުން ކުރުމުން ނުވަތަ ކާއެއްޗެހީގަ ލޮނުރަހަ މަޑުވުމުން ކުޑަކަމުދާ ތަކެތީގެ ގޮތުގައި ހަށިގަނޑުން ބޭރުވާ ފެނުގައި ހުންނަ ކެލްސިއަމް މަދުވެ އެވެ. އަދި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވާނެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާނީ ތިނެއް ނުވަތަ ފަސް ގްރާމުގެ ލޮނެވެ.