3 އޮކްޓޯބަރު 2022 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ.
މިދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް' އާއި ގުޅިގެންނެވެ.
ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ، ފަތުރުވެރިކަމުގެ 50ވަނަ އަހަރުގެ ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 3ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ،
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރު ހަމަޖެއްސެވީ، އެ ތާރީހަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972ވަނަ އަހަރު ހުޅުވާ ހިދުމަތް ދޭންފެށި ދުވަސް ކަމަށް ވާތީ އެވެ.

ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތައް ނުކުރާނަން: ރައީސް