ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޕްރައިވެޓް ލައިފާއި ލަވް ލައިފްއާ ގުޅުންހުރި ކަންކަމަކީ ވެސް އޭނާގެ ސަޕޯޓަރުން އަބަދުވެސް ބަލަން ބޭނުންވާ މައުލޫމާތު ތަކެކެވެ.
މިގޮތުން މީގެ އަހަރުތަކެއް ކުރިން ބިގްބޮސްގެ ޝޯއަކަށް އަރައި ސަލްމާނު ވަނީ ކުޑައިރު، އޭނާ މާމަ ކިޔާ އުމުރުގެ މީހަކަށް ހިތް ކިޔުނުކަން ހާމަކޮށްފަ އެވެ.
ބިގްބޮސްގެ 13 ވަނަ ސީޒަންގައި ވާހަކަދައްކަމުން ސަލްމާނު ބުނީ، ކުޑައިރު، އޭނާއަށް އުމުރުން ވަރަށް ދޮށީ މީހަކު ކަމުދިޔަ ކަމަށެވެ. އަދި އޭރު ސަލްމާނާ އެއް އުމުރެއްގެ ކުދިން އެއަންހެން މީހާއަށް މާމަ ކިޔަން ހުރިކަމެއް ނޭނގޭކަމަށް އޭނާ ހާމަކޮށްފައިވެ އެވެ.
މިކަމާއި ގުޅިގެން އިތުރަށް ސަލްމާނު ވަނީ އެ އަންހެން މީހާގެ ނަން މިހާތަނަށް ހާމަނުކުރެވުނީތީ ޝުކުރު ކުރާކަމަށް ބުނެފަ އެވެ. އަދި އެއަންހެން މީހާއާ ކައިވެނި ވެވުނު ނަމަ ސަމްލާނުެ ވެސް ކާފަ ދަރިން ތިބީސްކަމަށް ބުނެ އޭނާ ސަމާސާކޮށްފައިވެ އެވެ.
ސަލްމާނަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފަންނާނެކެވެ. އެހެންނަމަވެސް މިހާތަނަށް ސަލްމާނު އެއްވެސް ކައިވެންޏެއް ކޮށްފައިނުވާއިރު، ބެލުން ތެރިން އޭނާގެ ލޯބީގެ ހަޔާތް ސިފަކުރަނީ ނާކާމިޔާބު އެއްޗެއްގެ ގޮތުގަ އެވެ.
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
މާ ގިނައިން ޓީވީ ބެެލުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް!
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް
