ފަހަކަށް އައިސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އާލިއާ ބާޓް ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި އާލިއާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް އާލިއާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

އެގޮތުން އާލިއާއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ، އާލިއާއަށް އެންމެ ކަމުދާ ފިިރިހެން ސެންޓުގެ މައުލޫމާތު ހޯދަން އަމާޒުވާ ސުވާލުތަކެވެ.

"ވޯގް" އަށް ދިން އިންޓަވިއުއެއްގައި މި ސުވާލަށް އާލިޔާ ޖަވާބުދީފައިވެ އެވެ. އާލިއާ ބުނިގޮތުގައި އޭނާއަށް އެންމެ ކަމުދަނީ 'ބްލޫ ޑި ޝެނަސް' ނަމަކަށް ކިޔާ ސެންޓެކެވެ. ފިރިހެނުންނަށް ހާއްސަ އެ ސެންޓު 160 ޔޫއެސް ޑޮލަރަށް ލިބެން ހުރެ އެވެ.

އާލިއާ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޑާލިންްސް" ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބަކަށް ވެފަ އެވެ.