ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް" ގެ 14 ވަނަ ސީޒަންގައި ވާދަކުރި ބަތަލާ ސޮނާލީ ޕޯގަޓް މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބީޖޭޕީއާ އެކީ ސިޔާސީ މަސައްކަތް ވެސް ކުރާ އުމުރުން 42 އަހަރުގެ ބަތަލާ ސޮނާލީ މަރުވީ ރޭ ގޯއާގައި އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

ސޮނާލީ ގޯއާއަށް ގޮސްފައިވަނީ ޝޫޓިންއަކަށް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެ އެވެ.

ސޮނާލީގެ ގާތް ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އޭނާ މަރުވީ ނޭވާލާން އުނދަގޫވެގެން އެ ވާހަކަ އޭނާއާ އެކީ އުޅުނު މީހުން ގާތް ބުނުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ސޮނާލީ ހާޓްއެޓޭކެއް ޖެހިގެން މަރުވި އިރު، އޭނަގެ އަންހެން ދަރިޔަކު ވެސް އެބަހުއްޓެވެ. އަދި ފިރިމީހާ ސަންޖޭ ޕޯގަޓް 2016 ގައި ވަނީ މަރުވެފަ އެވެ.

"ބިގް ބޮސް 14" ގައި ވާދަކުރި އިރު، ސޮނާލީ އަށް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އެ ސީޒަންގައި ވާދަކުރި ޒުވާން ޓީވީ އެކްޓަރު އަލީ ގޯނީ، 31، އަށް ހިތްކިޔައިގެން އުޅުމުންނެވެ.

ސޮނާލީ ވަނީ ބީޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ ހަރިޔާނާ އިންތިހާބުގައި އާދަމްޕޫރުން ވާދަކޮށްފަ އެވެ. އޭނާ ބަލިވީ ކޮންގްރެސްގެ ކެންޑިޑޭޓް ކުލްދީޕް ބިޝްނޯއީ ވާދަކޮށްގެންނެވެ.

ސޮނާލީ އެންމެ ފުރަތަމަ މަޝްހޫރުވީ، އޭނާގެ ޓިކްޓޮކް ވީޑިއޯތަކުންނެވެ. އޭގެ ދެ އަހަރު ފަހުން ބީޖޭޕީއާ ގުޅުމުގެ ކުރިން 2006 ވަނަ އަހަރު ޓީވީގައި މަސައްކަތްކޮށްފައިވެ އެވެ.

އެކްޓިން އަށް ތައާރަފްވީ 2016 ވަނަ އަހަރު ޓީވީ ޝޯ އަކުންނެވެ. އަދި 2019 ވަނަ އަހަރު ނެރުނު ވެބް ސީރީޒް "ދަ ސްޓޯރީ އޮފް ބަދްމަޝްގަރު"ގެ ބައެއްގެ ގޮތުގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ..