އެމްޓީވީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ސްޕްލިޓްސްވިލާ" ސީޒަން 14 ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ސަނީ ލިއޯނާއި އެކު މިފަހަރުގެ ސީޒަން ހޯސްޓެއް ގޮތުގައި ފެނިގެންދާނީ ޓީވީ އެކްޓަރު އަރްޖުން ބިޖްލާނީ އެވެ.

"ސްޕްލިޓްސްވިލާ" އާ ބެހޭ ގޮތުން އަރްޖުން ބުނީ މިފަހަރުގެ ސީޒަން ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި މިއީ އަބަދުވެސް ހުށަހަޅައިދިނުމަށް އެދޭ ކަހަލަ ޝޯއެއް ކަމަށްވެސް އަރްޖުން ބުންޏެވެ.

https://www.instagram.com/p/Cf0yjeKqXBM/

"ގޭމް ބަދަލުކުރާ ކޮންސެޕްޓަށް އަހަރެން އަބަދުވެސް ވަރަށް ލޯބިވޭ. ކެތްމަދުވެފައި މިހުރީ އާ ސީޒަނަށް ސަނީއާއެކު ހުށަހަޅައިދިނުމަށް. މިހަފަރުގެ ޝޯ ވަރަށްވެސް ތަފާތުވެފައި މަޖާ ވާނެ" އަރްޖުން ބުންޏެވެ.

އެމްޓީވީ "ސްޕްލިޓްސްވިލާ" ހޯސްޓަކަށް އަރްޖުން ހަމަޖެއްސުމާ ގުޅިގެން ސަނީ ބުނެފައިވަނީ އަރްޖުނާ އެކު މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އަރްޖުނަކީ ވަރަށް މަޖާ ގޮތަކަށް ޝޯ ހުށަހަޅައިދޭ ފަންނާނެއްކަންވެސް ސަނީ ވަނީ ފާހަގަ ކޮށްފަ އެވެ.

https://www.instagram.com/reel/ChjL1njjag8/?utm_source=ig_embed&ig_rid=83db1cf5-50ad-4a42-ab2e-6d1da7b4243e

އަރްޖުން ބިޖްލާނީ ޓީވީގެ ވަރަށް ގިނަ މަގުބޫލު ސީރީޒްތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އަރްޖުން ވަނީ އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ހަތުރޯން ކޭ ކިލާޅީ"ގެ 11 ވަނަ ސީޒަން ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާއަށް ވަނީ ބޮލީވުޑް ފިލްމަކުންވެސް ފުރުސަތު ލިބިގެން ގޮސްފަ އެވެ.

މީގެ ކުރިން އެމްޓީވީ "ސްޕްލިޓްސްވިލާ" ހޯސްޓަކަށް ސަނީއާއެކު ފެނިގެން ގޮސްފައިވަނީ އެކްޓަރު ރަންވިޖޭ އެވެ.

"އެމްޓީވީ ސްޕްލިޓްސްވިލާ" އަކީ އެމެރިކަން ރިއަލިޓީ ޝޯ "ފްލޭވާ އޮފް ލަވް" ގެ އިންޑިއަން ވާޝަން އެވެ.