ގިނަ އަދަދެއްގެ ފިރިހެނުންނާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ ތަހުގީގަށް ދިން ބަޔާން ލީކު ކޮށްލި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އަލަމްގީރް ތަހްގީގަށް ފުލުހުންނަށް ދިން ބަޔާން ލީކުވުމާ ގުޅިގެން ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގީރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގިރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ. އެހެންކަމުން މި ބަޔާން ލީކުކުރީ ކޮންފަރާތަކުންތޯ ބަލާނެ ކަމަށެވެ.
"މިކަން ވެގެން މި އުޅެނީ ކޮން ދިމާއަކުން ކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ބަޔާން އޮތީ ފުލުހުން އަތުގައި." ސީޕީ ވިދާޅުވި އެވެ.
ޓުވިޓަރ ގައި ލީކު ކޮށްލާފައިވާ މި ބަޔާނުގައި އަލަމްގީރު ވަނީ އޭނާ ހިންގި ފާހިޝް އަމަލުތަކުގެ ތަފްސީލު ވަރަށް ރަނގަޅަށް ކިޔާދީފައެވެ.
ކޭންސް 2026: އަައިޝްވާރްޔާގެ ދިފާއުގައި މާދޫރީ ނުކުމެއްޖެ
16 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕްތަކެއް މަނާކުރަނީ
ރާއްޖޭގައި އަލަށް "ނެނޯ ނީޑަލް" ސާޖަރީ ކުރަން ފަށައިފި