ސޮނީ ޓީވީ އިން ގެނެސްދޭ ކުޑަކުދިން ލަވަކިޔުމުގެ ޝޯ "ސުޕަސްޓާ ސިންގާ 2" ފައިނަލްގައި ވާދަކުރާނެ ފަންނާނުން ހޮވައިފި އެވެ.

ފުރަތަމަ ސީޒަންގެ ކާމިޔާބީ އާއެކު މިހާރު ދެ ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މިދިޔަ ފަހްތާގައި ވަނީ މިސީޒަންގެ ގަދަ ހަ ބައިވެރިން ކަށަވަރުވެގެން ގޮސްފަ އެވެ.

ސެމީ ފައިނަލް ޝޯ ދައްކާފައިވާއިރު އެޝޯގައި ހާއްސަކޮށްފައިވަނީ 90 އަހަރުގެ ކާމިޔާބު ލަވަތަކަށެވެ. އޭގެ ތެރޭގައި ޝޯގެ ބައިވެރިންގެ އިތުރުން ކެޕްޓަނުން ވެސް ވަނީ ލަވަކިޔައިފައެވެ.

https://www.instagram.com/p/Ch2mUCPJ1ww/?hl=en

"ސުޕާސްޓާ ސިންގާ 2" ކެޕްޓަނުންގެ ގޮތުގައި ބައިވެރިވަނީ "އިންޑިއަން އައިޑަލް 12" ގެ އެއްވަނަ ޕަވަންދީޕް ރާޖަން، އަރުނިތާ ކާންޖިލާލް، ސަލްމާން އަލީ މުހައްމަދު، ދާނިޝް އަދި ސައިލީ ކާމްބަލް އެވެ.

https://www.instagram.com/p/ChH_uQBlWma/?hl=en

މިދިޔަ އޭޕްރީލު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ "ސުޕަސްޓާ ސިންގާ 2" ގަދަ ހަޔަކަށް ހޮވިފައިވަނީ މަނީ 11، ސައިޝާ ގުޕްތާ 7، މުހައްމަދު ފައިޒް 14، އާރްޔަނަންދާ ބާބޫ 14، ޕްރާންޖަލް ބިސްވާސް 12 އަދި ރިތުރާޖް 10، އެވެ. ސައިޝާ އާއި ޕްރާންޖަލް އަކީ ޕަވަންދީޕް ގެ ޓީމުގެ ދެ ބައިވެރިންނެވެ. އަދި ރިތުރާޖް އާއި މަނީ އަކީ ސަލްމާން ޓީމުގެ ދެ ބައިވެރިންނެވެ. ދާނިޝް ޓީމުގެ ބައިވެރިޔާ އަކީ އާރްޔަނަންދާއެވެ. އަރުނިތާ ޓީމްގެ ބައިވެރިޔާ އަކީ ފައިޒް އެވެ.

https://www.instagram.com/p/ChuAYFPg3Hb/?hl=en

ރޭގެ ޝޯގައި ހަ ފައިނަލިސްޓުން ހޮވިއިރު ރޭގެ ޝޯއިން ވަނީ ފަސް ބައިވެރިން ކަޓާފަ އެވެ.

ސުޕާސްޓާ ސިންގާ 2 އިން މޮޅުވާ ބައިވެރިޔާ އަށް 15 ލައްކަ އިންޑިއަން ރުޕީސް ލިބިގެންދާއިރު ޝޯގެ ފައިނަލިސްޓުންނަށް 20 ލައްކަ އިންޑިއަން ރުޕީސްގެ ސްކޮލާޝިޕެއް ލިބިގެންދާނެ އެވެ.

މިޝޯގެ ޖަޖުންގެ ގޮތުގައި ބައިވެރިވެފައިވަނީ ހިމޭޝް ރޭޝަމްމިޔާ، އަލްކާ ޔަގްނިކް، އަދި ޖާވިދު އަލީ އެވެ. މިސީޒަންގެ ފައިނަލް އެޕިސްޯޓް ދެކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެވެ.