ބެންގަލޫރު (02 ސެޕްޓަމްބަރު) މަގާމުްން އިސްތިއުފާ ދެއްވި ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި އެނބުރި ގައުމަށް ވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ގޯޓާބޭގެ ސަލާމަތީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮލަމްބޯގެ އިދާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގަތުމަކީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ގައުމުގެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަން އަންގައިދޭ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.
މިކަމާ ބެހޭ މާގިނަ ތަފްސީލެއް ސްރީލަންކާގެ ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުގައި ގޯޓާބޭ ހުންނަވާނީ ސަރުކާރުން ހަމަޖައްސަވާ ތަނެއްގަ އެވެ.
އުމުރުން 73 އަހަރުގެ ގޯޓާބޭ އޭނާގެ އަނބިކަނބަލުން ނާ އެކު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތީ އެ ގައުމުގެ ސިޔާސީ ހާލަތު ބޮއްސުންލައި ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުންނެވެ. ސްރީލަންކާގެ އިން ވަޑައިގަތުމަށްފަހު އޭނާ ވަނީ ރައީސްކަމުން އިސްތިއުފާ ދިންކަން އިއުލާން ކުރައްވައިފަ އެވެ.
ގޯޓާބޭ ފިއްލެވުމުން އެ ގައުމުގެ މަޖިލީހުން ވަނީ އޭރު ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް ރައީސްކަމަށް އިސްކުރަން ފާސްކޮށްފަ އެވެ.
ސްރީލަންކާގެ ތާރީހުގައި ދުށް އެންމެ ފުން އިގްތިސާދީ އަޑިގަނޑުގެ ދުވަސްތައް ގުނަމުންދާއިރު ސަރުކާރުން އަންނަނީ އައިއެމްއެފްއިން އެކު ލޯނު އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް