އިނގިރޭސި ވިލާތުގެ ދެމަފިރިއަކަށް އެމީހުން ދިރިއުޅެމުން އައި ގޭގެ ތަޅުންގަނޑު ދަށުން އަގުބޮޑު ރަން ލާރި ފޮތި ތަކެއް ފެނިއްޖެ އެވެ.

ނިއު ޔޯކްޝަޔާގައި ދިރިއުޅެމުން އަންނަ ދެމިފިރިންގެ ގޭގެ އާބާތުރަ ފިލުވުމުގެ ތެރޭގައި 264 ރަނުގެ ލާރިފޮތި ފެނިފައިވާއިރު މި ލާރިފޮތިތަކަކީ މީގެ 4000 އަހަރު ކުރީގެ ލާރިފޮތިތަކެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މި ލާރިފޮތިތައް ނީލަމުގައި ވިއްކާލަން އެދެމަފިރިން ތައްޔާރުވަމުން އަންނައިރު ބާޒާރުގައި މި ފޮތިތަކުގެ އަގު 250،000 ޕައުންޑަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ރަންތައް ފެނިފައިވަނީ އެގޭގެ ބަދިގޭގެ ތަޅުންގަނޑު ދަށުން ކަމަށާއި އެތަކެތި ފޮރުވިފައިވަނީ ޒަމާންތަކަށް ރައްކާކުރެވޭނެ ގޮތަކަށް ކަމަށް ބުނެވެ އެވެ.

މި ދެމަފިރިން އެގޭގައި އުޅޭތާ ދިހަ އަހަރު ވެފައިވާއިރު މީގެ ކުރިން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވި ނަމަވެސް އެ ގެއަކީ 18 ވަނަ ގަރުނުގެ ގެއެއް ކަމަށް އެ ދެމަފިރިން ބުނެފައިވެ އެވެ.

ބެލެވޭ ގޮތުގައި މި ލާރިފޮތިތަކަކީ އެޒަމާނުގެ ނުފޫޒުގަދަ އަދި ބާރުގަދަ އާއިލާއަކަށް ނިސްބަތްވާ ލާރިފޮތިތަކެއް ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.