ސޮނީ ޓީވީ އިން ގެނެސްދޭ ކުޑަކުދިން ލަވަކިޔުމުގެ ރިއަލިޓީ ޝޯ "ސުޕަސްޓާ ސިންގާ 2" އުމުރުން 14 އަހަރުގެ މުހައްމަދު ފައިޒް ކާމިޔާބުކޮށްފި އެވެ.

"ސުޕަސްޓާ ސިންގާ 2" ގެ ޖަޖުން ކަމަށްވާ ހިމޭޝް ރޭޝަމްމިޔާ، އަލްކާ ޔަގްނިކް އަދި ޖާވިދު އަލީއާއެކު މުބާރާތުގެ ބައިވެރިން ވޭތުވެދިޔަ ދުވަސްތަކުގައި އައީ ތަފާތު ހުނަރުވެރި ލަވަތަކެއް ހުށަހަޅައިދެމުނެވެ.

މިޝޯގެ ގްރޭންޑް ފިނާލޭ ބާއްވާފައިވާއިރު މިޝޯގައި ގަދަ ހަޔަކުން ޖާގަ ހޯދި ބައިވެރިންގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފަ އެވެ. ގަދަ ހަ އަށް ޖާގަ ހޯދާފައިވަނީ މުހައްމަދު ފާއިޒް، މަނީ، ޕްރަންޖަލް ބިސްވާސް، އަރްޔަނަންދާ އާރް ބާބޫ، ރިޓޫރާޖް އަދި ސައިޝާ ގުޕްތާ އެވެ. ޖޯދްޕޫރުގެ މުހައްމަދު ފާއިޒު ވަނީ ސީޒަން ކާމިޔާބުކޮށް، މިޝޯގެ ޓްރިފީއާއެކު އޭނާއަށް ވަނީ 15 ލައްޖަ ރުޕީސްގެ ފައިސާގެ އިނާމެއްވެސް ލިބިގެން ގޮސްފަ އެވެ.

https://www.instagram.com/p/CiDeXn1J2vG/?hl=en

ފައިޒް އަކީ ސުޕަސްޓާ ސިންގާ 2ގެ އެންމެ ކާމިޔާބު ކުރުމުގެ ކުރިން ބައެއް ލަވަ ކިޔުމުގެ ފުރުސަތުތަކެއްވެސް ލިބިގެން ގޮސްފަ އެވެ. އެގޮތުން މިޝޯގެ ޖަޖެއް ކަމަށްވާ ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފައިޒްއަށް ވަނީ ލިބިގެން ގޮސްފަ އެވެ.

https://www.instagram.com/p/CiCKQsNt0Kt/?hl=en

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފައިޒަށް ދީފަ އެވެ. އޭގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާ އަށް ދީފަ އެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފަ އެވެ.