ކޮވިޑުގެ ދަތިކަމުގައި އުޅުނު ދުވަސްވަރު އާއިލާގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރީ އަންހެނުން ގޯރީ ޚާންކަމަށް ބޮލީވުޑް ތަރި ޝަހުރުކް ޚާން ބުނެފި އެވެ.

ޝާހު އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ ދެމީހުންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދެކެވޭ ވާހަކަ ތަކަމަށް ވާއިރު، އެ ވާހަކަތައް ޚުދު ޝާހު އަމިއްލައަށް ވެސް މީޑިއާތަކާއި ހިއްސާކުރެ އެވެ.

އެގޮތުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތުދެމުން ޝާހު ވަނީ އޭނާގެ އަންހެނުންގެ ބުރަ މަސައްކަތް ފާހަގަކޮށް އެވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.

އެގޮތުން ކޮވިޑުގައި އާމްދަނީ ހޯދަން މަސައްކަތް ކުރީ ހަމައެކަނި ގޯރީކަމަށް ޝާހު ބުންޏެވެ. އަދި އެކަން ހާމަކުރުމަކީ ލަދުގަންނަން ޖެހޭކަމެއް ކަމަށް ގަބޫލު ނުކުރާކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ޝާހުގެ އަންހެނުން ގޯރީ އަކީ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާ ވަނީ ބޮލީވުޑްގައި ފުންނާބު އުސް ފަންނާނުން ދިރިއުޅޭ ތަންތަނުުގެ އިންޓީރިއާ މަސައްކަތް ކޮށްފަ އެވެ.

ހަމައެހެންމެ ޝާހު ވަނީ އެކި ފަހަރުމަތިން އޭނާގެ އަންހެނުންގެ ފަންނުވެރިކަމުގެ ވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އެދެމީހުން ދިރިއުޅޭ ގޭގެ އިންޓީރިއާ ޑިޒައިންވެސް ކުރީ ގޯރީކަން ފާހަގަކޮށްފައިވާއިރު، ޝާހު ވަނީ ގޭގެ އެއްވެސް އެއްޗެއް ގޯރީގެ ހުއްދައާ ނުލައި އެއްތަނުން އަނެއްތަނަށް ގެންދިއުން ގޯރީ މަނާކޮށްފައިވާކަމަށެވެ.