ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި ވިޔަސް ނުވަތަ ބިޒީކޮށް އުޅެފައި ވަގުތުނުވެގެން ވިޔަސް ހައިބަނޑާހުރެ ރޭގަނޑު ނިދާ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. މިއީ ހާލަކުން ފަހަރަކު ކުރިޔަސް މާބޮޑު މައްސަލައަކަށްނުވި ނަމަވެސް އާދަވެގެން މި ގޮތަށް ކަން ކުރުމަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
މެޓަބޮލިޒަމް ދަށްވުން
ގަވާއިދުން ނުކައި ނިދާނަމަ އެއީ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އަސަރު ކުރާ ކަމެކެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަސަރު ކުރަނީ އިންސިއުލިން ލެވެލް އަށެވެ. މިއީ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ހޯމޯން އެވެ. މީގެ އިތުރުން ކޮލެސްޓްރޯލްއާއި ތައިރޮޑަށްވެސް އަސަރު ކުރެ އެވެ. ގަވާއިދުން ރަނގަޅު ކާނާނުކާ ނަމަ ހޯމޯންތަކަށް އަސަރުކޮށް އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
ނިދި މަދުވުން
ހައިބަނޑާ ނިދަން އަރައިފިނަމަ އެތައް އިރެއް ވަންދެން ނުނިދި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮންނަން ޖެހުން ގާތެވެ. ބަނޑުހައިކަމުގެ އިހުސާސަކީ މީހާގެ ސިކުނޑި ނިދިޔަ ނުދީ ހިފަހައްޓައި ހަމަ ނިދި ނިދުމަށް ބުރުއަރުވާ ކަމެކެވެ.
ބަރުދަން އިތުރުވުން
ގިނަ ބަޔަކު ރޭގަނޑު ނުކަނީ ބަރުދަން ލުއިވޭތޯ އެވެ. ނަަމަވެސް ހަގީގަތުގައި ކަންވަނީ އެއާ ޚިލާފަށެވެ. ރޭގަނޑުގެ ކެއުން ގެންގުޅެން ވާނީ ވަކި ހައްދެއްގައި ކަމަށް ވިޔަސް އެއްވެސް ވަރަކަށް ރޭގަނޑު ނުކާނަމަ އޭގެ ސަބަބުން ބަރުދަން ލުއިވުމުގެ ބަދަލުގައި ވާނީ ބަރެވެ.