އޭސީގެ ފިންޏަކީ މިއަދު އަހަރުމެން އެންމެން ވެސް އެއަށް ދެވި ހިފާފައިވާ އެއްޗެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭސީ ނުޖައްސައި ލޮލަށް ނިދި ނާންނަ މީހުން ވެސް މަދެއް ނޫނެވެ.
ނަމަވެސް ހިތާމައަކީ އޭސީގައި ނިދުމުގެ ސަބަބުން އެތައް ގެއްލުމެއް ވާކަން ނޭނގޭ ކަމެވެ. ނުވަތަ ގެއްލުން ވާކަން އިނގޭ އިރު ވެސް ފަރުވާ ކުޑަ ކުރެވޭ ކަމެވެ.
އޭސީކޮށްފައި ހުންނަ ތަންތަނުގައި ނިދާނަމަ ގައިގެ ހަންގަނޑު ކުރަކިވެ ލޮލުން ފެން ހިނދޭ ގޮތްވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޮލަށާއި ހަންގަނޑަށް ތަފާތު އެކި ބަލި ޖެހުން ގާތްވެ އެވެ.
މީގެ އިތުރުން އޭސީ އަކީ ހަށިގަނޑުން ފެންދަމާ އެއްޗެއް ކަމުން އޭސީގެ ސަބަބުން އަތްފައި އައްސިވުމާއި ހަށިގަނޑުގެ ވަރު ދޫވުން ފަދަ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.
އެއާއެކު އޭސީ ދަށުގައި ގިނައިރު ނިދާނަމަ ބޮލުން ހަންފޮޅުމާއި ބޯހިރުވުމުގެ އިތުރުން ނޭވާލާ ނިޒާމަށް ވެސް ނޭދެވޭ އަސަރު ކުރުވަ އެވެ
އެހެން ކަމުން އޭސީ ފިނީގައި ނިދުން ވީހާ ވެސް މަދު ކުރުމަށް ސިއްހީ މާހިރުން ވެސް ލަފާ ދެއްވަ އެވެ.
ޗާގޯސްގެ މައްސަލަ އަކީ ރާއްޖެއާ ބެހޭ ކަމެއް ނޫން: ޔޫކޭ
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ
ބަންގްލަދޭޝްގައި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ