ލީބިޔާ (15 ސެޕްޓެމްބަރު) - ލީބިޔާގެ ދެކުނުގެ ރަށެއް ކަމަށްވާ ސެހްބާގައި ތެޔޮ ބަރުކޮށްފައި އޮތް ޓޭންކެއް ގޮވައި ގިނަ ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

އަންގާރަ ދުވަހު ހިނގި މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް އައިސްފައިނުވި ނަމަވެސް 17 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވެ އެވެ.

ސެހްބާގައި ތެޔޮ ޓޭންކެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ ލީބިޔާގެ ދެކުނުގެ ރަށެއްގައި ވެސް މިފަދަ ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައި ވަނިކޮށެވެ.

ތެޔޮ ޓޭންކު ގޮވައި ރޯވި އަލިފާންގަނޑު ފަޔާ ފައިޓަރުން ކޮންޓްރޯލް ކުރިއިރު އެހިސާބުގައި ހުރި ބައެއް އިމާރާތްތަކާއި އެއްގަމު އުޅަނދުތަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.

ލީބިޔާގައި މިފަހަކަށް އައިސް ދާހިލީ ހަމަނުޖެހުންތައް އިތުރުވެފައިވާއިރު އެކަމުގެ ސަބަބުން ވެސް ގިނަ ބަޔަކަށް އަނިޔާ ވަމުންދެ އެވެ. -- އަލް އަރަބިއްޔާ