ނިއު ޔޯކް (22 ސެޕްޓެމްބަރު) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާއެއް އުުފުލައިފި އެވެ.
އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ އެޓާނީ ޖެނެރަލް، ޓްރަމްޕްއާއި އޭނާގެ ތިން ދަރިން އަދި އެ އާއިލާގެ އާއިލީ ކުންފުނި ޓްރަމްޕް އޯގަނައިޒޭޝަންގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތުން މިލްކިއްޔާތު އޮޅުވާލައި ލޯނުތަކެއް ހޯދިކަމުގެ ދައުވާ އެވެ.
ޓްރަމްޕް ވެރިކަމުގައި ހުންނެވިއިރު މި މައްސަލައިގެ ތަހުގީގު ފެށިފައިވާއިރު ތަހުގީގަށް ތިން އަހަރު ހޭދަވެފައިވެ އެވެ.
200 ސަފްހާއަށް ވުރެ ދިގު ދައުވާ އިއްވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ ލެއިޓިއާ ޖޭމްސް ވިދާޅުވީ މި މައްސަލާގައި އެ ގައުމުގެ އިންޓާނަލް ރެވެނިއު އިދާރާގެ ތަފާސް ހިސާބުތައް ވެސް ހިމަނާފައިވާނެ ކަމަށެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ޓްރަމްޕްއާއި އޭނާގެ ދަރިންނަށް އެގްޒިކިއުޓިވްގެ ގޮތުގައި މަސައްކަތް ކުރުން މަނާވާއިރު އެ މީހުންގެ ކުންފުންޏަށް ލޯނު ދޫކުރުން ވެސް ހުއްޓޭނެ އެވެ.
މި މައްސަައިގެ އިތުރުން ވެސް ޓްރަމްޕްގެ ރަސްމީ ގެއިން ސަރުކާރުގެ ލިޔެކިޔުންތަކެއް ފެނުނު މައްސަލައެއްގެ ތަހުގީގު ވެސް މިހާރު ކުރިއަށްދެ އެވެ.
2024 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް މި ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ އެ ފުރުސަތު ގެއްލިގެންދާނެ އެވެ. -- ސީއެންއެން