ތެހްރާން (04 އޮކްޓޯބަރު) - އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަކީ އިޒްރޭލާއި އެމެރިކާގެ ރޭވުމުގެ ދަށުން ހިންގާ ހަމަނުޖެހުންތަކެއް ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
މުޒާހަރާތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ މި ހަމަނުޖެހުންތަކަކީ އީރާނުގެ ދުޝްމަނުން ފަހަތުގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.
އުމުރުން 22 އަހަރުގެ އީރާން އަންހެނެއް ކަމަށްވާ މަހްސާ އަމީީނީގެ މަރާއެކު އީރާނުގެ ދާޚިލީ މަޝްރަހު ހޫނުވެފައިވާއިރު ބައިނަލްއަގްވާމީ މުޖުތަަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިންނާ މެދު ކުރެވޭ އެނިޔާވެރި އަމަލުތަކާ މެދު އެމެރިކާގެ ރައީސް ކަންބޮޑުވުން ފާޅު ކުރެއްވިއިރު އިނގިރޭސި ވިލާތުން ވެސް ވަނީ އީރާނުގެ ފުލުހުންގެ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ބުނެފަ އެވެ.
އަމީނީ މަރުވެފައިވަނީ ހެދުން އެޅުމުގެ މިންގަނޑުތަކާ ޚިލާފުވި ކަމަށް ބުނެ ފުލުހުން އޭނާ ހައްޔަރު ކުރިތާ ދެ ދުވަސް ފަހުންނެވެ.
އަމީނީ ކޯމާއެއްގައި އޮވެ މަރުވި އިރު މަރުގެ ސަބަބަކަށްވީ ފުލުހުންގެ ފަރާތުން ކުރިމަތިވި އަނިޔާތައް ކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ބުނަމުންނެވެ. -- ބީބީސީ
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް
ރޯދަ މަހުގެ އުމްރާ ޕެކޭޖުތަކުން 7،000 ރުފިޔާ ބޮޑުކޮށްފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟