ކެންސަރަކީ މިހާރު ދުނިޔޭގައި އާންމު އެހާމެ ނުރައްކާތެރި ބައްޔެކެވެ. އަދި ފަރުވާ ހޯދުމަށް ވެސް އުނދަގޫ ބައްޔެކެވެ. އެހެން ނަމަވެސް އެއީ ވަރަށް ފަސޭހައިން ރައްކާތެރިވެވޭ ވެސް ބައްޔެކެވެ.

ސައިންސްވެރިންގެ ހޯދުމަކުން އެނގިގެންދާ ގޮތުގައި ރީނދުލުން ކެންސަރަށް މަގުފަހިކޮށްދޭ ސެލްސްތައް ކެންސަރަށްވުން ހުއްޓުވައިދެ އެވެ. އެގޮތުން ބަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު އަދި ހަމުގެ ކެންސަރު ހިމެނެ އެވެ.

ރީނދޫ އަކީ އާންމުކޮށް ކައްކަން ބޭނުން ކުރާ އެއްޗަކަށް ވިޔަސް ރީނދުލަކީ ގިނަ ބަލިތަކެއްގެ ފަރުވާ އެވެ. އެގޮތުން ރީނދުލަކީ ތަންތަނުގައި ރިއްސާނަމަ ތަދު ކެނޑުވުމަށްވެސް ބޭނުން ކުރެވޭ އެއްޗެކެވެ. ކެމިކަލްސް އެއްކޮށްފައި ހުންނަ ބޭސް ތަކުގެ ބަދަލުގައި ރީނދޫ ބޭނުން ކޮށްލާށެވެ.

ކިރު ތައްޓަކަށް ރީނދޫ ސަމްސަލެއް އެއްކޮށް ލުމަށްފަހު ބޯލުމުން ލިބޭ ފައިދާތައް ވެސް ގިނަގުނަ އެވެ. ނުވަތަ ސިއްހަތަށް ފައިދާހުރި ސައެއް ތައްޔާރު ކޮށްލުމަށް ވެސް ރީނދޫ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ޖޯޑެއްގެ ހޫނު ފެނަށް ރީނދޫ ސަމްސަލެއް އަޅާށެވެ. އަދި ރަހަ ރަނގަޅު ކޮށްލުމަށް މާމުއިތް ނުވަތަ ލުނބޯ ހުތް ކޮޅެއް އަޅާލެވި ދާނެ އެެވެ.

މީގެ އިތުރުން ރީނދުލަކީ މޫނުގެ ކުލައަލި ކޮށްދިނުމަށާއި ބަރުދަން ލުއި ކޮށްދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ.