ހަށިގަނޑު ރަނގަޅު ރީތި ބައްޓަމަކަށް ހުރުމަށް ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ. އޭގެ އިތުރުން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް ކޮންމެ ގަޑިއެއްގެ ކެއުމުގައި ހިމަނަން ވަރަށް މުހިންމު ފަސް ރަހައެއްވެ އެވެ.
ލޮނު ރަހަ
ލޮނު ރަހައަކީ ހަށިގަނޑަށް ބޭނުންވާ ފެން ބޭނުންވާ ވަގުތުތަކުގައި ފޯރުކޮށްދޭން އެހީވެދޭ ރަހައެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރުގައި ލޮނު ކާއެއްޗެހި ކެއުމުން ހޫނު ގަދަވާ ދުވަސްވަރު ކިޑްނީ އަށާއި ކުޑަކަމުދާ ނިޒާމަށް ބޭނުންވާ ފެން ފޯރުކޮށްދެ އެވެ.
ފޮނި ރަހަ
ފޮނި ރަހަ ލެއްވުމަށް ކާން ޖެހެނީ ހަމަ އެކަނި ހަކުރެއް ނޫނެވެ. ހަކުރު އަޅައިގެން ފާޑު ފާޑުގެ އެއްޗިއްސެއް ނޫނެވެ. ކެރެޓް، ކެބެޖު އަދި އަލުވި ކަހަލަ އެއްޗެހި ފެނު ކައްކާލައިގެން ކެއުމުންވެސް ފޮނި ރަހަ ހަށިގނޑަށް ފޯރުކޮށްދެ އެވެ. ހަށިގަނޑަށް ބޭނުންވާ ފޮނި ރަހަ ލިބުމުން ބަނޑުގެ މައްސަލަތަކާއި ހަޖަމް ކުރުމުގެ މައްސަލަތަކުގެ އިިތުރުން ސެލް ތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބެ އެވެ.
ހުތް ރަހަ
ހުތް ގަދަ އެއްޗެހި ކެއުމުން ހަކަތަ ލިބި ފުއްޕާމޭގެ މައްސަލަތަކަށް ލުއި ލިބެ އެވެ. ހުތް ރަހަ ގަދަ އެއްޗެހި ކޮންމެ ދުވަހެއްގެ ކާގަޑީގައި ހިމެނުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ލިބެ އެވެ. އަދި ހާއްސަކޮށް ފުރަ މޭ ވަރުގަދަ ކޮށްދީ ރައްކާތެރިކޮށްދެ އެވެ.
ކުޅި ރަހަ
ކުޅި ރަހަ އަކީ ހަށިގަނޑަށް މުހިންމު ރަހަ އެކެވެ. ކުޅި ރަހައިގެ ސަބަބުން ބޮޑުކަމުދާ ނިޒާމު ހަމަޖައްސައިދެ އެވެ. އަދި ފުއްޕާމޭގެ މައްސަލަތަކަށް ހައްލު ލިބޭއިރު ލެއަށްވެސް ކުޅި ރަހަ އަކީ މުހިއްމު ރަހަ އެކެވެ.