މިއަދު މި ގެނެސްދެނީ ހަދާލަން ފަސޭހަ ހުކުރު ދުވަހުގެ މެންދުރު ސުފުރާއަށް ހަމަ އެންމެ ކަމުދާނެ ކެއުމެކެވެ. މި ކެއުން މިއަދުގެ މެންދުރުގެ ކެއުމުގައި ހިމަނާލުން ކިހިނެއްވާނެތޯ އެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓް ނޫޑްލްސް (ކައްކާފައި)
  • 2 ސަމުސާ ތެޔޮ
  • 5 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 1 ކެރެޓް (ދިގުކޮށް ކޮށާފައި)
  • 5 ބީންސް (ދިގުކޮށް ކޮށާފައި)
  • 2 ސަމުސާ ބްރައުން ޝުގާ
  • ¼ ޖޯޑު ސޯޔާސޯސް

ތައްޔާރުކުރާނެ ގޮތް

  1. ފުރަތަމަ ތަވާ އުދުން މައްޗަށް އުދާ ތެޔޮފޮދު އަޅާށެވެ. ތެޔޮ ފޮދު ހޫނުވުމުން ފިޔާ ލޮނުމެދު އަޅާ މޯޅި ވަންދެން ހާކާލާށެެވެ.
  2. އެއަށްފަހު ކެރެޓުކޮޅާއި ބީންސްކޮޅު އަޅާ އެއްކޮށްލުމަށްފަހު ބްރައުން ޝުގާ އަދި ސޯޔާސޯސް އަޅާ އެއްކޮށްލާށެވެ. ދެން
  3. ތިން މިނެޓެއްހާއިރު ކައްކާލުމަށްފަހު ނޫޑްލްސް ކޮޅު އަޅާ އެއްކޮށްލާށެވެ.