މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރެއް ނަމަ ގިނަ ބަޔަކު އުޅޭނީ ރޯގާޖެހި ކަރުގައި ރިއްސާތީ އެވެ. ތިރީގައި މިގެނެސްދެނީ ވިއްސާރަ މޫސުމެއް ނަމަ ރޯގާ ޖެހުމުން ސަލަމަތްކޮށްދީ ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެއްޗެވެ.

އިނގުރު

ވިއްސާރަ މޫސުމެއް ނަމަ ރޯގާއިން ސަލާމަތްވުމަށް އިނގުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ސޫޕު ނުވަތަ ކާއެއްޗެއްސަށް އަޅައިގެން އިނގުރު ބޭނުން ކޮށްލާށެވެ.

ފޮނިތޮށި

ފޮނިތޮށްޓަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. އެހެންކަމުން ސެލެޑް ހަދާއިރު ފޮނިތޮށި ބޭނުން ކުރާށެވެ. އަދި ސައިތަށްޓަށް އަޅައިގެންވެސް ފޮނިތޮށި ބޭނުން ކުރެވިދާނެ އެވެ. އޭރުން ހަށިގަނޑު ފިނިން ސަލާމަތްވުމަށް އެހީވެދޭނެ އެވެ.

ލޮނުމެދު

ލޮނުމެދަކީވެސް ރޯގާއިން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ކެއުމުގައި ތިނެއް ނުވަތަ ހަތަރު ލޮނުމެދު ބޭނުން ކޮށްލާށެވެ. އެންމެ ރަނގަޅީ ރޮލަށް ކެއުމެވެ.

ރީނދޫ

ވިއްސާރަ މޫސުމެއްނަމަ ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ރީނދުލަކީވެސް ވަރަށް ފައިދާހުގި އެއްޗެކެވެ. އެގޮތުން ހޫނު ކިރުތައްޓެއްގެ ތެރެއަށް ރީނދޫ އަޅައިގެން ބޯލާށެވެ. ހަށިގަނޑު ފިނިން ސަލާމަތްވެ ރޯގާޖެހުމުން ދުރު ކޮށްދޭނެ އެވެ.