ލޯ ކައިރީގައި ރޫ ޖެހުމަށް މެދުވެރިވާ އެކި ސަބަބުތައް ހުރެ އެވެ. އެގޮތުން އުމުރުން ދުވަސްވުމުން، ބަލި ހާލަތުގެ ސަބަބުން، ކަންކަމާ ވިސްނުން، ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ނުކެވުން އަދި މީގެ އިތުރުން ވެސް އެކި ސަބަބުތައް ހުރެ އެވެ.
ލޯ ކައިރީގައި ހުންނަ ރޫތައް ފިލުވަށް ބާޒާރުގައި އެކި ކަހަލަ ތަކެތި ހުރެ އެވެ. އެ ތަކެތި ހަންގަނޑާ ނުގުޅި ހާލަތު އިތުރަށް ގޯސްވާ ފަހަރު ވެސް އާދެ އެވެ. އެގޮތުން މިއީ ގުދުރަތީ ތަކެތި ބޭނުން ކޮށްގެން މިކަމަށް ގޭގައި ދެވިދާނެ ފަރުވާ އެކެވެ.
ކިރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން ކިރުގެ އެންމެ އޮލަބަޔަކީވެސް އެހާމެ ބޭނުންތެރި އެއްޗެކެވެ. ކިރު ތައްޓެއް ހާ ކިރު މަޑު ގިނީގައި އޮލަވަން ދެން ސަރަފޯސް ޖަހައިގެން ކައްކާށެވެ. އޮލަވި ކިރުފޮދު ހިހޫ ވުމުން ލޯކައިރީގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން ސާފު ފެނުން މޫނު ދޮވެލާނީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ހާކާލާށެވެ. މިއީ އަލަމާރީގައި ފަސް ދުވަސް ވަންދެން ރައްކާ ކުރެވޭނެ އެއްޗެކެވެ.
މާމުއާއި ލުނބޯއަކީ ހަންގަނޑަށް ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ މާމުތާއި ލުނބޯ އެއްކޮށް ބޭނުން ކުރުމުން ލިބޭ ފައިދާ ގިނަ އެވެ. އެއް ސަމުސާ މާމުނަށް ދެ ތިކި ލުނބޯ ހުތް ޖަހާށެވެ. ލުނބޯ އަޅާ މިންވަރު މަދީ ލުނބޮލަކީ އެސިޑިކް އެއްޗަކަށް ވެފައި ލޯ ކައިރީގެ ހަންގަނޑު ނާޒުކު ވީމަ އެވެ. ލޯ ކައިރީގައި ހޭކުމަށްފަހު 15 މިނެޓް ފަހުން ދޮވެލާށެވެ. މި ގޮތަށް ކޮންމެ ދުވަހަކު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ތަފާތު ފެންނާނެ އެވެ.
ހަށިގަނޑަށް ފައިދާ ހުރި މަދު ތަކުގެ ތެރެއިން އަލްމަންޑް އަކީ އެންމެ ކުރީ ސަފުގައި އުޅޭ ވައްތަރުގެ މަދެކެވެ. އަލްމަންޑް ތެޔޮ ނުވަތަ އަލްމަންޑް ކިރަކީ ވެސް ބާޒާރުގައި ވިކޭ އެއްޗެކެވެ. އަލްމަންޑް ގައި އެކުލެވޭ ވިޓަމިން އީ ގެ ސަބަބުން މޫނުގައި ހުންނަ ރޫތައް ފިލުވާލައި މޫނު އޮމާން ކޮށްލަ އެވެ. ހޫނު ކިރު ކޮޅަަކަށް އަލްމަންޑް އަޅާ އަލްމަންޑްތައް މަޑުވުމުން ހިމުން ޕޭސްޓް އަކަށް ވާންދެން މިކްސްޗަރުން މުގުރާ ލާށެވެ. ލޯ ކައިރީގައި އަދި މޫނުގައި ހޭކުމަށްފަހު ގަޑިއެއްހާ އިރު ވަންދެން ބަހައްޓާލާށެވެ. އަދި ނިދުމުގެ ކުރިން އަލްމަންޑް ތެލުން މޫނު މަސާޖް ކޮށްލުމުން ވެސް މޫނު އުޖާލާވެ އެވެ.