ކިޑްނީގެ މައްސަލަ ތަކަކީ ގިނަ ބަޔަކަަށް ދިމާވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ހިލަ އުފެދުން މިއީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނެ ކެވެ. ތިރީގައި މި ބަލާލަނީ ކިޑްނީގެ މައްސަލަތަކުން ދުުރުވުމަށް ބޭނުން ކުރެވިދަނެ ބައެއް ކަނާ އަށެވެ.

ކްރޭންބެރީ

ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓް އަދި ފައިބާ ހިމެނެ އެވެ. އޭގެ އިތުރުން ކޭންބެރީގަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. އަދި ކޭންބެރީއަކީ ކިޑްނީގައި ހިމެނޭ ޖަރާސީމާއި ބްލެޑާ ގެ އެތެރެއަށް ވަންނަ ޖަރާސީމު މަދުކޮށްދިނުމަށް އެހީ ވެދޭ މެވާ އެއް ވެސްމެ އެވެ.

ކެބެޖް

ކެބެޖަކީ ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓޭސިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވާތީ އެވެ.

މަޝްރޫމް

ވިޓަމިން ޑީ ގިނަ އަަދަދަކަށް ހިމެނެ މަޝްރޫމް އަކީ ކިޑްނީގެ ބަލިތަކުން ދުރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކަނާ އެވެ. މީގެ އިތުރުން ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް ގިނައިން ފެން ބުއިމަކީ އެންމެ އިސްކަމެއް ދޭން ވާނެ އެއް ކަމެވެ.