އިސްތަށިގަނޑަށް އަވަސް އަދި ރަނގަޅު ފަރުވާއެއް ދޭން ބޭނުންވަނީ ހެއާ މާސްކެކެވެ. ހެއާ މާސްކަކީ ހުސް ގުދުރަތީ އެއްޗެހި ބޭނުން ކޮށްގެން އިސްތަށިގަނޑު މަޑު ކުރުމަށާއި ހައިޑްރޭޓް ކުރުމަށާއި، ދިގު ކުރުމަށް އަދި އިސްތަށިގަނޑަށް ދަޅަ އިތުރު ކޮށްދިނުމަށް އެހީތެރިވާ އެއްޗެކެވެ.
ސެލޫންތަކަށް ގޮސް އަގުބޮޑު ހެއާ މާސްކުތައް ހެދުމުގެ ބަދަލުގައި ގޭގައި ވެސް މިފަދަ ހެއާ މާސްކުތައް ތައްޔާރު ކުރެވިދާނެ އެެވެ.
ކާށިތެޔޮ / ފޮނިތޮށި
ބޭނުންވާ ތަކެތި
- 1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ
- 1 ސައިސަމުސާ ފޮނިތޮށި
ތައްޔާރުކުރާނެ ގޮތް
- ރަނގަޅަށް ފޮނިތޮއްޓާއި ކާށިތެޔޮ އެއްކޮށްލާށެވެ.
- ބޮލުގެ މެދުން މަގު ފެޅުމަށްފަހު ރަނގަޅަށް މި މިކްސް އުނގުޅާލާށެވެ.
- އިނގިލިތަކުގެ ކުރިން ބޮލުގެ އެތޭރޭގައި ރަނގަޅަށް މި މިކްސް އުނގުޅާ މަސާޖްކޮށްލާށެވެ.
- ބޯ މައްޗަށް އައްސާލާ ޝަވާ ކެޕަކުން ބޯ ފޮރުވާލާށެވެ.
- މި ގޮތަށް 30-45 މިނެޓުވަންދެން މަޑުކޮށްލުމަށްފަހު އާއްމުކޮށް ބޭނުންކުރާ ޝޭމްޕޫ އަދި ކޮންޑިޝަނާ ލައިގެން ދޮވެލާށެވެ.
ކާށި ތެލުގެ ގިނަ ގުނަ ފައިދާތަކެއް ކުރާތީ ގިނަ ހެއާ މާސްކްތަކުގައި ކާށި ތެޔޮ ބޭނުން ކުރެވެ އެވެ. ފޮނިތޮށްޓަކީ އޭގައި އެންޓިމައިކްރޯބިއަލް މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ ސަބަބުން އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދެ އެވެ. ހަންފޮޅުމާއި އިސްތަށި ފޭބުމުން ސަލާމަތްކޮށްދީ އިސްތަށިތަކުގެ ބުޑުތައް ވަރުގަދަކޮށްދެ އެވެ. ފޮނިތޮށި އިސްތަށިގަނޑުގައި ހޭކުމުން ތަލައިގަ ހޭކުމުން ލޭ ދައުރުވުން އިތުރުން ކޮށްދީ އިސްތަށިތަކުގެ ބުޑަށް ލޭ ދައުރުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑު ދިގުކޮށްދީ ވަރުގަދަ ކޮށްދެ އެވެ.
ކާށިތެޔޮ / މާމުއި
ބޭނުންވާ ތަކެތި
- 1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ
- 1 ސަމުސާ މާއުއީ
ތައްޔާރު ކުރާނެ ގޮތް
- ފުރަތަމަ ބޯތަށްޓެއްގައި މާމުއި އާއި ކާށިތެޔޮ އެއްކޮށްލާށެވެ.
- ދެން ކުޑަ ތެއްޔެއްގައި ރަނގަޅަށް އެއްވެ ދިޔާވަންދެން ހޫނު ކޮށްލާށެވެ.
- ބޮލުގެ ނިއްކުރިން ފެށިގެން އިސްތަށިތަކުގެ ކޮޅާ ހަަމައަށް މި މާކްސް އުނގުޅުމަށްފަހު ޝަވަ ކެޕަކުން ބޯ ފޮރުވާލާށެވެ.
- 20 މިނެޓު ވަންދެން މަޑުކުރުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ.
އިސްތަށިގަނޑުގައި ކާށިތެޔޮ ބޭނުން ކުރުމަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާ ކަމެކެވެ. މިގޮތުން ކާށިތެލުގެ ސަބަބުން އިސްތަށިގަނޑު ތެތްކޮށް މަޑުކޮށް ދިނުމުގެ އިތުރުން އިސްތަށި ފޭބުމުން ރައްކާތެރިކޮށްދެ އެވެ. ކާށިތެލުގައިވާ ފެޓީ އެސިޑްގެ ސަބަބުން ކާށިތެޔޮ އިސްތަށިގަނޑުގެ އެތެރެއަށް ވަންނަ މިންވަރު ބޮޑެވެ. މާމުއި ގެ ފައިދާތަކަށް ބަލާއިރު، މާމުއިއަކީ މޮއިސްޗާ ހިފެހެއްޓުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ އިސްތަށިގަނޑު ހިކިފައިވާނަމަ ހައިޑްރޭޓްކުރުމަށް އެހީތެރިކޮށްދޭ އެއްޗެކެވެ.