ކިނބިހި އެޅުމަކީ އަމިއްލަ އިހުތިޔާރުން ބޭރުން ވާ ކަމެކެވެ. އަދި އެއީ ދުޅަހެޔޮ ސިއްހަތަކަށް ވެސް ވަރަށްވެސް މުހިއްމު ކަމެކެވެ. އެހެންނަމެސް ކިނބިހި އެޅުން މައްސަލައަކަށް ވަނީ ހުއްޓާނުލައި މާ ގިނަ އިރު ކިނބިހި އެޅޭނަމަ އެވެ. މިއީ އާއްމުކޮށް ރޯގާ ޖެހުމުންނާއި ހިރަފުސް ނުވަތަ ކުނޑި ފަދަ އެއްޗިއްސަށް އެލާޖިކު ވާ ފަރާތްތަކަށް ދިމާވާ މައްސަލަ އެކެވެ.

މާ ގިނައިން ކިނބި އެޅޭ ނަމަ ގޭގައިވެސް ފަރުވާ ކުރެވިދާނެ އެވެ. އެގޮތުން އެކަމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާލާނަމެވެ.

ހުތް މޭވާ ގިނައިން ބޭނުން ކުރުން

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ކެމިކަލެއް ކަމަށްވާ ފްލެވޯނޮއިޑުސް، ސިޓްރަސް މޭވާތައް ކަމަށްވާ އޮރެންޖު، ލުނބޯ އަދި ގުރޭޕު ފުރުޓު ފަދަ މޭވާ ތަކުގައި އެކުލެވެ އެވެ. މިއީ ރޯގާ ޖެހުމަށާއި އެލާޖީތަކަށް މަގު ފަހި ކުރުވާ ޖަރާސީމުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ކެމިކަލް އެކެވެ.

ގޯޯނބިލި

ގޯނބިލި ނުވަތަ އާމްލާ އަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް އެކުލެވޭ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ މޭވާ އެކެވެ. އާއްމުކޮށް ކޮންމެ ދުވަހަކުވެސް ދެ ތިން އާމްލާ ކައި ހަދާނަމަ މާ ގިނައިން ކިނބިހި އެޅުމުގެ މައްސަލައާ ދުރުވާނެ އެވެ.

އިނގުރު

އެންޓިސެޕްޓިކު ޕްރޮޕަޓީސް އެކުލެވޭ އިނގުރަކީ ރޯގާ އަށް ފަރުވާ ކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެހެންކަމުން ތިން އިންޗި ވަރުގެ އިނގުރު ކޮޅެއް ކުދިކޮށް ކޮށާލުމަށްފަހު ދެ މޭޒުމަތީ ސަމްސާ މާމުއާއެކު އެއްކޮށްލާށެވެ. އެއަށްފަހު އެއްކުރި މާމުޔާއި އިނގުރު، ފެން ފޮދަކަށް އަޅައި ކުޑަކޮށް ކައްކާލާށެވެ. އަދި ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ކުޑަ އެތިކޮޅެއް ބޯލާށެވެ.