އެމްޑީޕީން މީގެކުރިން ދެއްކި އެއްވެސް ވާހަކައެއް ކެތްކޮށްލަން މިއަދު ނުކުރޭ ކަމަށާއި އެމްޑީޕީ މިހާރު ވަނީ ބަރަހަނާ ވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މިލަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސް ވަރު އެމްޑީޕީން ޑިމޮކްރަސީއަށް ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމަށާއި އަދި ސަރުކާރު ބަދަނުކޮށް ޑިމޮކްރަސީ ނުގެނެސް ރާއްޖެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެ ރަށްރަށުގައި ހުރި ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަމަށް އެމްޑީޕީން ހެދި ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނެވޭނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކޮށްގެން ކަމަށް އެމްޑީޕީ ބުނަމުން ދިޔަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް، އޭރު ރައްޔިތުންނަށް އެގޮތަށް ވިސްނައިދީގެން އެމްޑީޕީން ކީ ވާހަކަތައް މިހާރު ވަނީ ހަނދާން ނެތިފައި ކަމަށާއި މިއަދު އެމްޑީޕީގެ ހަގީގީ ސޫރަ ރައްޔިތުންނަށް ފެނިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިލަދޫގެ ލޮބުވެތި ރައްޔިތުންނަށް ކަންކަން ހިނގަމުންދިޔަ ގޮތް އޭރު ދައްކަމުންދިޔަ ވާހަކަތައް ނިއުޅެމުން ނިއުޅެމުން ދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް އެނގެމުންދިޔަލެއް ބޮޑީ. އަދި ހަމައެއާއިއެކީ، ރައީސް މައުމޫންގެ ސަރުކާރު ތެރޭގައި ވެސް އިސްލާހް ގެންނަން ބޭނުންވާ މީހުންނާއި އޭގެ ފަހުން ވެސް އިސްލާހަށް ލޯބިކުރާ ބަޔަކާއި ގައުމު ދެކެ ލޯބި ކުރާ ބަޔަކު ތިބިކަން ވެސް އެނގުނީ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު ގަބޫލުކުރަނީ، މިލަދޫގެ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ހަގީގީ ސޫރަ ފެނިގެން ދިޔައީ. އެހެންވީމަ އެހާކުރިން ހަގީގީ ސޫރަ ފެނިގެން ދިޔައީ. މިއަދު މިއޮތީ ހަގީގީ ސޫރަ ފެންނާކަށް އިތުރަކަށް ހޯދާނެކަމެއް ނެތް. މިއަދު މިއޮތީ ބަރަހަނާވެފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް ތަރައްގީ އާއި ބޭނުންވާ ކަންކަން ހުންނާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ގައުމު މިއަދު ގައުމު އޮތް ހާލަތު އަޑު އަހަން ޖެހޭ ކަމަށެވެ. މިއަދު މަގުމަތީގައި ތިބެން ޖެހެނީ ގައުމުގެ ހައްގުގައި ކަމަށާއި ދީނުގެ އަސާސްތައް ގެއްލިގެން ދާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު އިވުނު ވާހަކައަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި ވާހަކަ ކަމަށާއި އެއީ ތޮބީއީ މަރަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އޭރު ކިހިނެއް ހެއްދެވީ. އޭރު މަރުވާ ކޮންމެ މީހަކީ ރައީސް މައުމޫން މަރައިލާ މީހެއް. އޭގެ ޒިންމާ އުފުލަން ޖެހޭ. އަދި އެ ކަމުގައި އެތައް ބަޔަކު އެއްވެ އެމްޑީޕީން އަޑުގަދަކުރަމުން ގެންދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދައްކާ މިސާލު އެއްގޮތަކަށް ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. މިހާރު އެމްޑީޕީއަށް ވެރިކަން ލިބުމުން ސިފައިންނާއި ފުލުހުން ވެސް ރަނގަޅު ކަމަށާއި އަނިޔާކުރުން ވެސް ރަނގަޅު ކަމަށާއި އެއްވުން މަނާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތައް ވަރަށް ގިނަ ކަމަށާ ހުރިހާ ދިމާއަކުން ވެސް ފެންނަން އޮތީ ގޮންޖެހުންތަކާއި ހުރަސްތައް ކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ޓެކްސް އިސްލާހާ މެދު ކަންބޮޑުވިޔަސް، ސަރުކާރު އޮތީ ދޫ ދޭ ގޮތަކަށް ނޫން ކަމަށް ސަރުކާރުން ބުނާއިރު ޓެކްސް އިސްލާހު ކުރުމުން ޓެކްސް ބޮޑުތޭ ކުރަން ޖެހޭނީ ޓެކްސް ކުޑަ ކުރުން އެއީ އިގްތިސާދު ދަންނަ ހަގީގަތަކީ މިހާރު ސިންގަޕޯރގައި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ސިންގަޕޯރ ދޫކޮށް އެދަނީ ހުރިހާ އިންވެސްޓަރުން އޭގެ ތެރޭގައި ބޮޑެތި އިންވެސްޓަރުން އެބަހިމެނެއޭ ޕްރޮޕަރޓީސް ތައް ވިއްކާލާ ޓެކްސް ކުޑަ ގައުމު ތަކަށް އެކުންފުނި ތަކުގެ ވިޔަފާރި ބަދަލު ކުރަނީއޭ..