ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ދިރިއުޅޭ ގޭގައި މަދިރި އާލާވާ ތަންތަން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ސުޕަ ސްޓާ ސަލްމާން ހާން ދިރިއުޅޭ ގޭގައި މަދިރި އާލާވޭތޯ ބަލަން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ.

ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން މިދިޔަ އާދީއްތަ ދުވަހު ވަނީ ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ދިރިއުޅޭ ބަންދްރާގެ ގެލެކްސީ އެޕާޓްމަންޓްސްގައި މަދިރި އުފެދިދާނެ ތަންތަން ހޯދުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން ހާން އަށް ޑެންގީ ހުން ޖެހިފައިވާކަން އެނގުނުތާ އެއް ދުވަސް ފަހުންނެވެ.

މުނިސިޕަލް ކޯޕަރޭޝަން އޮފް ގްރޭޓާ މުމްބާއީގެ ނަމުން ވެސް މަޝްހޫރު ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނަކީ މަހާރާޝްތުރާގެ ވެރިރަށް މުމްބާއީގެ މަދަނީ ޖަމިއްޔާއެވެ.

ސަލްމާން ހާން ޑެންގީ ހުން ޖެހުމަށްފަހު، މަދިރި އުފެދޭ ތަންތަން ހޯދުމަށް ބީއެމްސީން ބަންދްރާގައި ހުންނަ އޭނާގެ އެޕާޓްމަންޓް ގައި ވެސް ވަނީ އިންސްޕެކްޝަނެއް ހަދާފަ އެވެ. މިއިންސްޕެކްޝަންގެ ތެރެއިން ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓްއިން މަދިރި އުފެދޭ ތަންތަން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަފްތާގެ ކުރީކޮޅު ސަލްމާން ހާނަށް ވަނީ ޑެންގީ ހުން ޖެހިގެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ހޯދާފަ އެވެ.

މީގެ ސަބަބުން މިހާރު ކަލާޒް ޓީވީއިން ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް 16" އިން ކުޑަ ބްރޭކެއް ސަލްމާން ވަނީ ނަގާފަ އެވެ.