މިއަދަކީ ހުކުރު ދުވެހެވެ. ކުކުޅަށް ހާއްސަ ދުވަހެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ ހުކުރު ދުވަހަށް ހާއްސަ ކުކުޅު ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި

  • 3 ސައި ސަމްސާ ބަޓަރު
  • 4 ބޯންލެސް ޗިކަން ބްރަސްޓު (ހަން ފިލުވާފައި)
  • 2 ސައިސަމްސާ ގާލިކް ޕައުޑަރު
  • 1 ސައިސަމްސާ ލޮނު (ސީޒަނިން)
  • 1 ސައސަމްސާ އޮނިއަން ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް

  1. ތަވައަކަށް ބަޓަރު ކޮޅު އަޅާލުމަށްފަހު މެދު މިނެއްގަި އުނދުނުގެ ގިނި ބަހައްޓައިގެން ދިޔާކޮށްލާށެވެ.
  2. އެއަށްފަހު ކުކުޅު ކޮޅު އަޅާލުމަށްފަހު އޭގެ މައްޗަށް ރަނގަޅަށް ގާލިކް ޕައުޑަރުކޮޅާއ، އޮނިއަން ޕައުޑާ ކޮޅު އަދި ލޮނު ކޮޅު ބުރުވާލާށެވެ. ކުކުޅުގެ ދެ ފަރާތަށް ވެސް ބުރުވާލަންވާނެ އެވެ.
  3. 10 ނުވަތަ 15 މިނެޓް ވަންދެން އުނދުންމަތީ ބަހައްޓައިގެން ކުކުޅުކޮޅު ރޯ ފިލުވާލާށެވެ.
  4. ތައްޔާރުވުމުން މަޑު ރަންކުލައެއް ކުކުޅުތަކަށް އަރާނެ އެވެ.