މޫނުން ބިހި ނެގުމަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނަށެވެ. މޫނުގައި ބިއްސެއް ޖަހައިފި ނަމަ ކަންބޮޑުވެ އެވެ. އެހެން ނަމަވެސް ހާސްނުވެ މިކަންކަމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

ލުނބޯ

މިއީ މޫނުން ބިހިފިލުވާލުމަށް އެންމެ ފަސޭހަ އެއްގޮތެވެ. ލުނބޯ ހުތް ސީދާ މޫނުގައި އުނގުޅާލާށެވެ. ބިހިތަކުގައި ލުނބޯ އުނގުޅުމުން ކުޑަކޮށް ދިލަ ނަގާފާނެ އެވެ. ނަމަވެސް ފަސް މިނެޓް ވަންދެން ބަހައްޓާލުމަށްފަހު ދޮވެލާށެވެ.

ޓީ ޓްރީ އޮއިލް

މިއީ ވެސް މޫނުމަތިން ބިހި ފިލުވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބިހި ނަގާފައި ހުރި ތަނުގައި ޓީ ޓްރީ އޮއިލްގެ ދެ ތިއްކެއްވަރު އުނގުޅާލާށެވެ. ޓީ ޓްރީ އޮއިލްގައި ހިމެނޭ އެންޓިބައޮޓިކްގެ ސަބަބުން ބިހިނެގުމަށް މަަގުފަހިވާ ޖަރާސީމުތައް ނައްތާލަ އެވެ.

އަލްމަންޑް، ގްރާމް ފްލާ އަދި ރީނދޫ

އަލްމަންޑް ޕައުޑާ އަދި ގްރެމް ފްލާ އެއްވަރަކަށް ތައްޓަކަށް އަޅާލުމަށްފަހު، ދެ އިނގިލިކުރިން ނެގޭވަރުގެ ރީނދޫކޮޅެއް އެއްކޮށްލާށެވެ. އަދި ކުޑަ ފެންފޮދެއް އަޅާލުމަށްފަހު ޕޭސްޓެއް ގޮތައް ތައްޔާރު ކޮށްލާށެވެ. 20-15 މިނެޓް ވަންދެން މޫނުމަތީގައި މި މާސްކް އަޅައިގެން ހުރުމަށްފަހު ފެންފޮދަކުން ދޮވެލާށެވެ.

މެލަން

މިއީ ހަމައެކަނި އަނގަޔަށް މީރު މޭވާއެއް ނޫނެވެ. މޫނުން ބިހި ފިލުވާލުމަށް ވެސް މެލަން ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ރޭގަނަޑު ނިދާއިރު މެލަން ފޮއްޗެއް ބިހި ނަގާފައި ހުރި ހިސާބުގައި އުނގުޅާލާށެވެ. މެލަންގައި ހިމެނޭ ކޫލިންގެ ސަބަބުން ބިހިތައް ފިލުވާލަދީ މޫނުގެ ހަން މަޑު ކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ އެވެ.

އަސޭމިރުސް

މިއީ މީހުން އާންމުކޮށް މާސްކެއް ގޮތަށް ހާއްސަކޮށް މޫނުގައި އުނގުޅަން ބިރުގަންނަ އެއްޗަކަށް ވެދާނެ އެވެ. ނަމަވެސް އަސޭމިރުހުގެ ތެރެއަށް ޔޯގަޓް ނުވަތަ ރޯސް ވޯޓާ އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާށެވެ އެވެ. މިހެން ހެދުމުން ކުޅި ދިލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ. އަދި 15 މިނެޓު ފަހުން މޫނު ދޮވެލާށެވެ.