ސ. ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ހިންދޫ ދީނުގެ އަޅުކަމުން ފެށި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހިތަދޫގައި ކުރިއަށްގެންދިޔަ މަަޝްރޫއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެހެން ދީނެއްގެ ޝިއާރެއް ފާޅުކޮށްފައިވާކަމަށެވެ.
"މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެކަން ކުށްވެރިކުރައްވާފައިވާ،" އެ މިނިސްޓްރީން ބުންޏެވެ.
ދީނެއްގެ ޝިޔާރެއް ބޭނުންކޮށްގެން އެެއްވެސް ކަމެއް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިތަދޫ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ހިންދޫންގެ އަޅުކަމެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ރަސްމިއްޔާތެއް އޮންނަކަން އެ ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
