ކަރާޗީ (05 ނޮވެމްބަރު) - ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މަގާމުން އިސްތިއުފާ ދޭން އެ މަގާމުގައި ކުރިން ހުންނެވި އިމްރާން ޚާން ގޮވާލައްވައިފި އެވެ.
އިމްރާން ޚާން އަވަހާރަކޮށްލަން ބުރާސްފަތި ދުވަހު ދިން ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަވަމުން އިމްރާން ވަނީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހިމެނޭހެން ސަރުކާރުގެ ބައެއް އިސްވެރިންނަށް ހަމަލާގެ ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އޭނާއަށް ލިބުނު ޒަހަމް ރަނގަޅުވިހާ އަވަހަކަށް އެއްވުންތައް ފަށާނެ ކަމަށާއި މިއީ އެކަމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އިމްރާން އަވަހާރަކޮށްލަން ދިން ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ސިޔާސީ އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށެވެ. މި ހަމަލާގައި އިމްރާން ޚާންގެ ކަނާތު ފައިގެ އުކުޅުވަޅަށް ވަޒަން އަމާޒުވި އިރު މީޑިއާއާ ވާހަކަ ދެއްކެވިއިރު ފައިގައި ޕްލާސްޓަރެއް އަޅާފައި ހުއްޓެވެ.
ހަމަލާގެ ތުހުމަތު އިމްރާން ޝެހެބާޒްއަށް ކުރެއްވި ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާއަށް ދެއްކިފައެއް ނުވެ އެވެ. މި ތުހުމަތުތައް ޝެހެބާޒްގެ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ޝެހެބާޒް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ އޭޕްރީލް މަހު އެގައުމުގެ މަޖިލީހުގައި އިމްރާންގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން ނާކާމިޔާބުވެ އޭނާއަށް މަގާމު ގެއްލުމުންނެވެ. -- އަލް އަރަބިއްޔާ

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟
ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި