ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ރީކޯ މޫސާ އަކީ މީގެކުރިން އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެމްޑީޕީން ވަކިކުރީ ޕާޓީގެ ތްރީލައިން ވިޕާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ފަހުންނެވެ.
މީގެކުރިން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި މޫސަ އަލުން އެމްޑީޕީއަށް ސޮއިކުރައްވައި މިއަދު ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ފޯމު ހަވާލުކުރައްވައިފަ އެވެ.
އެމްޑީޕީން ވަކިކޮށްލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޕީޕީއެމަށް ވެސް ސޮއިކުރައްވައިފަ އެވެ. ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމުން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ދުރަށް ވަޑައިގެންފަ އެވެ.
މޫސަ ވަނީ މީގެކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފަ އެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!

ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތަކެއް !