ކޭރްސަން (10 ނޮވެމްބަރު) ޔޫކްރެއިންގެ މައި ސަރަހައްދެއް ކަމަށްވާ ކޭރްސަންއިން ރަޝިއާ ސިފައިން ފައިބަން އެގައުމުން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

މި ނިންމުމުގެ މައިގަނޑު ސަބަބެއް ރަޝިއާއިން ހާމަކޮށްފައި ނުވި ނަމަވެސް މިފަހުން އެ ސަރަހައްދުގައި ޔޫކްރެއިންގެ ސިފައިން ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

ރަޝިއާއިން މި އިއުލާން ކޮށްފައިވަނީ ކޭރްސަންއަށް އެގައުމުން ކަނޑައަޅާފައި ހުންނަ އިސް ލީޑަރު ހަނގުރާމައިގެ ތެރެއިން މަރާލާފައި ވަނިކޮށެވެ.

ރަޝިއާގެ މި އިއުލާނާއެކު ޔޫކްރެއިންގެ ރައީސް ވިދާޅުވެފައިވަނީ ދުޝްމަނުންގެ މި ފިޔަވަޅުގެ ފަހަތުގައި ވަކި މަގުސަދެއް ވާކަން ޝައްކު ކުރެވޭތީ އެކަަމަށް ސަމާލުވެ ތިބި ކަމަށެވެ.

ކޭރްސަންއަކީ ރަޝިއާއިން ކޮންޓްރޯލްކުރާ ކްރިމިއާއާއެކު ބޯޑަރު ހިއްސާކުރާ ސަރަހައްދަކަށް ވުމުން ރަޝިއާއަށް މި ސަރަހައްދުގެ މުހިއްމުކަން ވަރަށް ބޮޑެވެ.

ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ކޭރްސަންއަކީ ރަޝިއާއިން އެންމެ ލޯ އަޅަމުން ދިޔަ އެއް ސަރަހައްދެެވެ. -- އަލް އަރަބިއްޔާ