ބަނޑުގައި ވައި ހެދޭ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ ތިރީގައި މިވާ ކާނާތަކުގެ ތެރެއިން ކާނާއަކުން ވާ ކަމެއް ކަމަށް ވެސް ވެދާނެ އެވެ.

ސިޓްރަސް މޭވާތައް

އޮރެންޖު، ލުނބޯ އަދި ގްރޭޕް ފްރުޓް ފަދަ ސިޓްރަސް މޭވާތަކަކީ އެސިޑް އެކުލެވޭ މޭވާތަކެކެވެ. މި މޭވާތަކުން ހަށިގަނޑުގައިވާ ވިހަތައް ބޭރު ކުރި ނަމަވެސް މާ ގިނައިން ކައިފިނަމަ ގޭސްޓްރިކް ވާނެ އެވެ.

އެނާޖީ ބުއިންތައް

އެނާޖީ ބުއިންތަކާއި ފިޒީ ބުއިންތަކަކީ އޭގައި ގިނަ އަދަދަކަށް ވައި އެކުލެވިގެންވާ ބާވަތްތަކެވެ. މިފަދަ ބުއިންތައް ހާއްސަކޮށްޔ ހައިބަނޑާ ބޭނުންކޮށްފިނަމަ ވައިގެ އުނދަގޫ ވުން ގާތެވެ.

ކޮފީ

ކޮފީގައި އެކުލެވޭ ކެފެއިންއަކީ ވައިގެ އުނދަގޫތަކަށް މަގުފަހި ކުރުވާ މާއްދާ އެކެވެ. ކެފެއިން އޯވާ ޑޯޒް ވެއްޖެނަމަ ބަނޑަށް ވާ އުނދަގުލުން ނުތެދުވެ އޮންނަން ޖެހިދާނެ އެވެ.

ހިކި މިރުސް

ދިވެހިންގެ މެދުގައި ޑްރައި ޗިލީ ނުވަތަ ހިކި މިރުސް ތެއްލައިގެންނާއި އެނޫންވެސް ގޮތް ގޮތަށް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. މިއީ ވައިގެ އުނދަގޫތަކުގެ އިތުރުން ވެސް ގިނަ ސިއްހީ ގެއްލުންތައް ލިބިދޭ އެއްޗެކެވެ.