އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް 180،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ 180,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

އެހެންކަމުން މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ އަންހެން މީހާގެ ވީޑިއޯއެއް ފުލުހުން އާއްމު ކޮށްފައި ވާއިރު، އެމީހާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި ފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފަ އެވެ.