އަރިދަފުސް ރޯގާއާއި ހުން ފަދަ އާއްމު ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިފާއީ ނިޒާމު ވަރުގަދަވުމަކީ މުހިންމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ބައެއް ކެއުންތަކަށެވެ.
ލޮނުމެދު
ލޮނުމެދަކީ އިންސާނާގެ ހަށިގަނޑަށް އެކި ކަހަލަ ފައިދާކުރާ ވަރަށް ރަނގަޅު އެއްޗެކެވެ. ރޯގާ ޖެހިއްޖެނަމަ ލޮނުމެދު ބޭނުންކޮށްގެން ހަދާފައިވާ ކެއުންތައް ކެއުމަކީ ރޯގާ އަށް ވެސް ލުއިކަމެއް ގެނެސްދޭ ކަމެކެވެ.. ވީހާ ވެސް ތާޒާކޮށް ލޮނުމެދު، އެއްޗަކާ އެއްކޮށްގެން ކާ ނަމަ އޭގެ ކުރާ އަސަރު ބޮޑުވާނެ އެވެ.
ކެރެޓު
ކެރެޓަކީ އިންސާނާގެ ހަށިގަނޑަށް ގިނަ އަދަދަކަށް ވިޓަމިން އޭ ލިބޭ ތަރުކާރީ އެކެވެ. ކޮންމެ ދުވަހަކު އެންމެ ކެރެޓަކުން ވެސް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން އޭ ލިބެ އެވެ. ވިޓަމިން އޭ އަކީ ދިފާއީ ނިޒާމަށް ވަރަށް މުހިންމު މާއްދާއެކެވެ.
މަޝްރޫމް
މަޝްރޫމް އަކީ ވެސް އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މަޝްރޫމްގައި ހިމެނޭ ސިލީނިއަމް އާއި ވިޓަމިން ބީ އަކީ ދިފާއީ ބާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ބައެއް ހަކަތަ ވެސް ފޯރުކޮށްދިނުމަށް އެހީވާ އެއްޗެކެވެ.