ދަރިން ނުލިބުމުގެ މަައްސަލައަކީ ގިނަ ބައަކަށް ދިމާވެފައިވާ އާންމު މައްސަލަ އެކެެވެ. ދަރިން ނުލިބުމުގެ މައްސަލަ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ފަރާތުން ވެސް އަތުވެދާނެ އެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ ފިރިހެނުންގެ ދަރިފަނި އިތުރުކުރުމަށް ކެއުމުގައި ހިމެނިދާނެ ބައެއް ކާނާ އެވެ.

ބިސް

ބިހުގައި ވިޓަމިން އީ އަދި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނެ އެވެ. އެގޮތުން ދަރިފަނި މަދުވުމަށް ދިމާވަ މައްސަލަތައް ހައްލު ކުރުމަށް ކެއުމުގައި ބިސް ހިމަނާށެވެ.

ދޮންކެޔޮ

ދޮންކޭލަކީ ވިޓަމިން އޭ، ސީ އަދި ބީ1 އިން މުއްސަނދި ވެފައިވާ މޭވާ އެކެެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ދޮންކެޔޮ ހިމަނާނަމަ ދުޅަހެޔޮ ދަރިފަނި އުފެދުމަށް މަގުފަހިވެ އެވެ.

އަންނާރު

އަންނާރަކީ ވެސް ދަރިފަނީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދަރިފަނި އިތުރުވުމަށް ދިމާވާ ހުރަސްތައް ނައްތާލަދޭ އެއްޗެކެވެ. އެގޮތުން އަންނާރު ޖޫހަކީ ފާޓިލިޓީ އިތުރަށް ވަރުގަދަ ކޮށްދިނުމަށް ރަނގަޅު އެއްޗެކެވެ.

ވޯލްނަޓް

އެހެން ނަޓްތަކަށް ވުރެ އިތުރަށް ވޯލްނަޓްގައި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް ހިމެނެ އެވެ. މީގެ އިތުރުން އޮމެގާ 3 ފެޓީ އެސިޑް ވެސް ވޯލްނަޓްގައި ހިމެނެ އެވެ. މީގެ ސަބަބުން ޖިންސީ ގުނަވަނަށް ލޭ ދައުރުކޮށްދޭ މިންވަރު އިތުކޮށްދީ ދަރިފަނި އުފެދޭ މިންވަރު އިތުރުކޮށްދެ އެވެ.