ޚާއްސަ ގައިޑްލައިންތަކެއްގެ ދަށުން ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަ ދީފި އެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ޑިސެމްބަރު 20 އިން ފެށިގެން އެ އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާއްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން ހުއްދަ ދީފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ ކަމަށް މީގެ ކުރިން ހަމަޖައްސާފައި އޮތް އޮތުން އެޗްޕީއޭ އިން މިރޭ ވަނީ ބާތިލްކޮށްފަ އެވެ.
ހަމައެހެންމެ އެއްފަހަރާ 15 މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް އޮތް އޮތުންވެސް މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ކޮވިޑްގެ ކޭސްތައް މަދުވަމުން އަންނާތީ އެޗްޕީއޭ އިން އަންނަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. އެގޮތުން ނެގެޓިވް ޕީރީއާރް ޓެސްޓް ނަތީޖާއަކާ އެކު ދިވެހީންނަށް ރިސޯޓުތަކަށް ދިޔުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. އަދި 14 ދުވަހުގެ ކަރަންޓީނު 10 ދުވަހަށް ވަނީ ކުޑަކޮށްފަ އެވެ.
ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށް
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
