ބޮލީވުޑްގެ މަޝްހޫރު ސުޕަ ސްޓާރު ޝާހްރުކް ޚާން އަދި ގޯރީ ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އޭނާގެ ފިލްމީ ކެރިއަރުގެ މަސައްކަތް ފަށާފައިވާއިރު، ސުހާނާ އަކީ ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ ސްޓާކިޑެކެވެ.

ސުހާނާގެ ކެރިއަރުގެ އެކި ވާހަކަަތަކުގެ އިތުރުން އޭނާގެ ދިރިއުޅެމާއި ޒާތީ ކަންކަމުގެ ވާހަކަތަކަކީވެސް ސޯޝަލް މީޑިއާގަ އާއި އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކެކެވެ.

ސުހާނާ މިހާތަނަށް ލޯބީގެ ގޮތުން ގުޅުނު މީހުންނަށް ބަލާއިރު، އެންމެ ބޮޑަށް ދެކެވުނީ ސުހާނާ އާއި އަހާން ޕާންޑޭ ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެވެ.

ނަމަވެސް ދެމީހުންގެ މެދުގައި މައްސަލަ ޖެހި ސުހާނާ އޭގެ ފަހުން ޝުބްހަމް ގިލް އާއި އަގަސްތީޔަ ނަންދާއާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ ވާހަކަތައް ފެތުރިފައިވެ އެވެ.

މިކަމާއި ގުޅިގެން ސުހާނާގެ މަންމަ، ގޯރީ ޚާން ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އެއްފަހަރާ ދެމީހަކާއި ލޯބީގެ ގޮތުން ނުގުޅުމަށް ސުހާނާއަށް ނަސޭހަތްތެރިވެފައިވާނެކަމަށް ބުނެފަ އެވެ.

ސުހާނާގެ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ނެޓްފްލިކްސް އާއި މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގުޅިގެން އުފައްދާ ފިލްމު "ދަ އާޗީސް" އިންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގަ އެވެ.