ސ. ހިތަދޫން ވިޔަފާރީގެ ތަފާތު ބޭނުންތަކަށް 19 ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުންފުނިތަކުގެ އިތުރުން ޕާޓްނަޝިޕް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.
ކައުންސިލުން ދޫކުރާ ބިންތަކުގެ ތެރޭގައި އާންމު ވިޔަފާރިއަށާއި، ހޯލްސޭލް ކުރުމަށާއި، ވެއާހައުސް އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ބިންތައް ހިމެނެ އެވެ.
މި ބިންތައް އެކުލެވިގެންވަނީ ހިތަދޫ ބަނދަރު ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޕޯޓް ސަރަހައްދުގެ ހިއްކި ބިމުންނެވެ.
ކުއްޔަށް ދޫކުރާ އެންމެ ބޮޑު ބިމުގެ ގޮތުގައި ހިމެނެނީ ހިތަދޫ ޕޯޓް ސަރަޙައްދުން ދޫކުރާ 66,384 އަކަފޫޓުގެ ބިމެކެވެ.
މީގެ އިތުރުން، އެޅެދީދީ މަގުގައި އުރީދޫ އެންޓެނާ ކައިރިން 1,500 އަކަފޫޓުގެ ދެ ބިމަކާއި، މެދެއާއިމަގުން 462 އަކަފޫޓުގެ ބިމެއް އާންމު ވިޔަފާރިއަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގާ އެޅުމުގެ މަސައްކަތަށާއި ހެވީ އަދި ލައިޓް އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ބޮޑެތި ބިންތަކެއް ވެސް ކައުންސިލުން ދޫކުރާ ލިސްޓުގައި ހިމެނެ އެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފައިނޭންސް އީމެއިލް މެދުވެރިކޮށް ފައިސާ ދެއްކި ސްލިޕާއި މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ އިޖުރާއަތްތައް ކުރިއަށްދާނީ އަންނަ މަހުގެ 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.
ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދޭނެ ގޮތުގެ ތަފްސީލު ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރާ މައުލޫމާތު ކަރުދާހުގައި ހިމެނޭނެ އެވެ.
މި އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6885003 އަށް ގުޅުއްވުމަށް ކައުންސިލުން އެދެ އެވެ.
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފި
"ބާބީ 2"ގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި!
