މާލޭގައި މިއަދު ހިނގި އާއިލީ ހަމަނުޖެހުމެއްގައި ބޭބެގެ ގަޔަށް އަންހެން ކޮއްކޮއަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 12:21 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީގައި އަނިޔާވެފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އޮފިޝަލް ވިދާޅުވި އެެވެ.