އާއިލީ ހަމަނުޖެހުމެއްގައި ބޭބެގެ ބޮލަށް ވަޅި ހަރާލި އަންހެން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 12:21 ހާއިރު އެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ދެ މީހުން ޒުވާބުކުރުމަށްފަހު އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާ ދޭން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިނގަން މެދުވެރިވީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ކުރި ޒުވާބަކުންނެވެ.