ގއ. އަތޮޅުގެ ފަޅު ރަށެއް ކައިރިއަށް ގެނބުނު ކުއްޖަކު ހާލު ދެރަވެގެން އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ގއ. މާނަގަލާ ކައިރިއަށް މިއަދު މެންދުރު 01:30 ހާއިރު ގެނބުނީ އެ ރަށަށް ދަތުރު ގޮސް އުޅުނު 13 އަހަރުގެ ފިރިގެން ކުއްޖެކެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގެނބުނު ކުއްޖާ ސަލާމަތްކުރީ އޭނާގެ އާއިލާގެ ކުއްޖެއް ކަމަށެވެ.
ގެނބުނު ކުއްޖާގެ ހާލު ދެރެވެގެން އެމްއެމްޑީއެފްގެ ކޯސްޓުގާޑުގައި ގެންދިޔައީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ގެނބުނު ކުއްޖާއަށް ނޭވާލުމުގެ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟
