ބޮލީވުޑްގެ މަޝްހޫރު ސުޕަ ސްޓާރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އަކީ ކުޑައިރުން ފެށިގެން ވެސް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ ސްޓާ ކިޑެކެވެ.

ހަމަ އެހެންމެ މަޝްހޫރު ފަންނާނަކަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިއަކަށް ވުމުން އޭނާއަށް ވަނީީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

ސުހާނާ އޭނާގެ ފިލްމީ ކެރިއަރުގެ މަސައްކަތް ފަށާފައިވާއިރު، ޕްރޮފެޝަނަލް މަސައްކަތްތަކުގެ އިތުރުން އޭނާގެ ޒާތީ ހަޔާތަކީ ވެސް ގިނަ ބަޔަކު ހޯދަައި ބަލަން ބޭނުންވާ އެއްޗެކެވެ.

ބޮލީވުޑްގައި އެންމެ ބޮޑު މަޝްހޫރުކަން ހޯދާފައިވާ ތަރި ޝާހުގެ ދަރިއަކަށްވެ، މުއްސަނދިކަމުގައި ބޮޑުވުމުގެ ސަބަބުން ސުހާނާ ވަނީ ގެއްލުމުގެ ތެރެއަށް ވެއްޓިފައި ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. ސަބަބަކީ ސުހާނާގެ ކިބައިގައި ދެވި ހިފާފައިވާ ނުބައި އާދަތަކުގެ ސަބަބުންނެވެ.

އެގޮތުން ސުހާނާ އަކީ ގިނަ ގިނައިން ޕާޓީކޮށް، ބަނގުރާ ބުއިމަށް ދެވިހިފާފައިވާ ކުއްޖެއްކަން ވަނީ އާންމުންނަށް ހާމަވެފަ އެވެ. ހަމަަ އެހެންމެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ސުހާނާގެ އެފަދަ ގިނަ ފޮޓޯތަކެއް ސޯޝަލް މީިއާގައި އާންމުވެފައިވާއިރު، އާންމުން ދަނީ ސުހާނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އޭގެ އިތުރުން ސުހާނާ ލޯބީގެ ގޮތުން ގުޅޭ މީހުންނާއި މަގުމަތީގައި ޒުވާބުކުރާ މަންޒަރުތައް ދައްކައިދޭ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އަދި ދެއްކުންތެރިކަން އަންގައިދޭ ފަދައިން ސުހާނާގެ އަމަލުތައް ހުންނަ ކަމަށް އާންމުން ފާހަގަކޮށްފައިވެ އެވެ.

ސުހާނާގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އާރްޔަން ޚާން އަކީވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކުގެ ޝިކާރައަށްވެފައިވާ ސްޓާކިޑެކެވެ. އާރްޔަން އަށް ފާޑުކިޔަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަތުމާ ގުޅިގެންނެވެ.