ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އަދިތިޔާ ޗޯޕްރާ އަކީ އެއްވެސް މީހަކަށް އޮޅޭނެ ނަމެއް ނޫނެވެ.

ޔަޝް ޗޯޕްރާގެ ނަން ކުރިއަރުވަމުން ގެންދާ އައްދިޔާ އަކީ އޭނާގެ ކާމިޔާބު އަދި މޮޅު މަސައްކަތަށް މަޝްހޫރު މީހެކެވެ. އެއަށްފަހު ފިލްމު އިންޑަސްޓްރީގައި އޭނާގެ ނަން އެންމެ ބޮޑަށް ވިދާލީ ފިލްމީ ތާރީހުގައި 90ގެ އަހަރުތަކުގައި އެންމެ މަގުބޫލު އެއް ބަތަލާ ކަމަށްވާ ރާނީ މުކަރްޖީއާ ކައިވެނީގެ ގޮތުން ގުޅުމުންނެވެ.

އެހެންނަމަވެސް ދެމީހުންގެ ކައިވެނީގެ ވާހަކަތައް އޭރު ދެކެވެމުން ދިޔައީ އެންމެ އެދެވޭގޮތަކަށް ނޫނެެވެ.

އަދިތިޔާ، ރާނީއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ކައިވެނިކޮށްގެން އުޅުނީ އޭނާ ކުޑައިރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅުން ޕާޔަލް ޚަންނާއާ އެވެ. ޕާޔަލް އަކީ އަހުލާގު ރަނގަޅު އަދި ކިޔަމަންތެރި އަނބެއްގެ ގޮތުގައި އަދިއްތިޔާގެ އާއިލާއިން ފާހަގަކުރެ އެވެ.

ބޮލީވުޑް ފިލްމުތަކުގައި ރާނީ، ރަނިކަން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ އަދިތިޔާ އާއި ރާނީއާ މެދުގައި ލޯބީގެ ވާހަކަތަކެއް އޮތް ކަމަށް ވާހަކަ ފެތުރި، ދެމީހުން ކައިވެނީގެ ގޮތުން ގުޅެން ބޭނުންވި އެވެ. އެހެން ނަމަވެސް ޕާޔަލް އާއި، އަދިތިޔާގެ އާއިލާއަށް އޮޅުވާލައިގެން މި ގުޅުން ބޭއްވުމުން، އޭރު ގިނަ ބަޔަކު ދިޔައީ އަދިތިއާ އަށާއި، ރާނީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ދެމީހުން ކައިވެނީގެ ގޮތުން ގުޅުމަށް އެންމެ ފުރަތަމަ އަދިތިޔާގެ މަންމަ ވެސް ނުގަބޫލުވި އެވެ. އަދި ރާނީއާ ކައިވެނި ކޮށްފިނަމަ، އަދިތިޔާގެ މަންމަ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ އިންޒާރު ވެސް ދިނެވެ. ނަމަވެސް މި ގުޅުމަށް ގިނަ ދުވަހު ހުރަސް ނާޅައި ޕާޔަލް ވަނީ ވަރިވެފަ އެވެ.

އަދިތިޔާ އާއި ރާނީގެ ކައިވެންޏަށް މިހާރު އަށް އަހަރު ފުރިފައިވާއިރު، އެ ދެމީހުންނަށް ވަނީ އަންހެން ދަރިއަކު ލިބިފަ އެވެ. އަދި މިހާރު ރާނީ އާއި އަދިތިޔާގެ ގުޅުމަށް އަދިތިޔާގެ މަންމަ ރުހެ އެވެ.